ads
ބާރްތީ ސިންގ
ބާރްތީ މިފަހަރު މި ފެނިލީ ދީޕިކާގެ ކޮސްޓިއުމްގައި!
އިންޑިއާގެ މަޝްހޫރު ކޮމެޑިއަން ބަރްތީ ސިންގް ވަނީ މިދިޔަ އަންގާރަ ދުވަހު ދީޕިކާގެ ކޮސްޓިއުމެއްގައި ޕަޕަރާޒީންގެ ކެމެރާތަކަށް އަރާފައެވެ.

އަންގާރަ ދުވަހު ބާރްތީ ފެނިގެން ގޮސްފައިވަނީ ދީޕިކާގެ އޯމް ޝާންތި އޯމް ގެ ޝާންދީ ޕްރިއާ ގެ ކެރެކްޓާގައި ދީޕިކާ ފެނިގެންގޮސްފައިވާ ހެދުމެއްގައެވެ. 

ދީޕިކާ އަދި ޝާހުރުކް އެކުގައި ފެނިގެންދާ ފިލްމް "އޯމް ޝާންތި އޯމް" ގެ ލަވައެއް ކަމަށްވާ "އާކޯންމެ ތެރީ" ލަވައިން ދީޕިކާ ލައިގެން ހުންނަ ގަދަ ފިޔާތޮށި ކުލައިގެ ލެހެންގާ އާއި އެއްގޮތް ހެދުމެއްގައި ބާރްތީ ފެނިގެން ދިޔަ އިރު ބާރްތީގެ ފިރިމީހާ ހަރްޝް ފެނިގެން ދިޔައީ އެ ލަވައިގެ ޝާހުރުކްގެ ކޮސްޓިއުމުގައެވެ.

your imageބާރްތީ ދީޕިކާގެ ކޮސްޓިއުމުގައި

ޕަޕަރާޒީންގެ ކެމެރާތަކަށް ބާރްތީ އެރުމުން  ބާރްތީ ވަނީ ދީޕިކާ އެ ލަވައިގައި އޭނާގެ ފޭނުންނަށް ވޭވް ކުރަމުން ދާ ގޮތަށް ވޭވް ކޮށް އެ ވީޑިއޯ ސްލޯ މޯޝަންގައި ނެގުމަށް އެދިފައެވެ. އަދި މީގެ އިތުރުން ވީޑިއޯގައި ފެނިގެން ދަނީ ބާރްތީ "އާކޯންމެ ތެރީ" މިލަވަވެސް ކިޔަމުން ދާ މަންޒަރެވެ. 

ބާރްތީ އާއި ހަރްޝް ރެޑީވަމުން ދިޔައީ ޑާންސް ދީވާނާ 3 ގެ ޝޫޓިންއަށް ކަމަށް ބެލެވެއެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް