ads
މާލޭ ޖަލު-- ފޮޓޯ ޕީއެސްއެމް
މާލޭ ޖަލުގައި ގައިދީން ހަޅުތާލު ކުރާތާ 24 ގަޑިއިރު
މާލޭ ޖަލުގައި ގައިދީން ހަޅުތާލު ކުރާތާ 24 ގަޑިއިރު ވެފައިވާކަން ސީއެންއެމް އަށް އިނގިއްޖެ އެވެ.
މާލޭ ޖަލުގައި ގައިދީން ހަޅުތާލު ކުރާތާ 24 ގަޑިއިރު ވެފައިވާކަން ސީއެންއެމް އަށް އިނގިއްޖެ އެވެ.

ސީއެންއެމް އަށް މައުލޫމާތު ދިން މަސްދަރަކު ބުނީ މާލޭ ޖަލުގައި ގައިދީން ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަމުން އަންނަތާ 24 ގަޑި އިރު ވެފައިވާކަމަށެވެ.

އަދި އެމީހުން ހަޅުތާލު ކުރަމުން އަންނަނީ މާފުށި ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެންކަމަށް މައުލޫމާތު ދީފައިވެއެވެ.

މާފުށީ ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ކަރެކްޝަނަލް ސާވިސުން ބުނެފައިވަނީ، ގައިދީންނާއި ޖަލު އޮފިސަރުންނާއި ދެމެދު ހަމަނުޖެހުމެއް ނުހިނގާ ކަމަށެވެ. އެހެން ނަމަވެސް އިންސްޕެކްޓަރު އޮފް ކަރެކްޝަނަލް ސާވިސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެފައިވަނީ، ގޮޅިތައް ބަލައި ފާސްކުރުމަށް އޮފިސަރުން ހަރަކާތްތެރިވުމުން ބަންދު މީހުން ހުރަސް އެޅިކަމަށާއި، އެހިސާބުން ކަރެކްޝަނަލް ސާވިސުން ބާރުގެ ބޭނުންކޮށްފައިވާކަމަށެވެ.

ޖަލުތަކުގައި ތިބޭ ގައިދީންނާއި ކަރެކްޝަންސް އޮފިސަރުންނާ ދެމެދު ހަމަނުޖެހުންތައް ހިނގުމަކީ އާންމުކޮށް ދިމާވާ މައްސަލަ އެކެވެ. މިފަދަ މައްސަލަތައް ހިނގާފައިވަނީ ޖަލުގެ ހިދުމަތްތައް ދަށްވެ ގައިދީންގެ ހައްގުތައް ކަށަވަރުނުކުރެވޭތީ ކަމަށް ބައެއް ގައިދީންގެ އާއިލާތަކުން މީގެ ކުރިން މީޑިއާގައި ބުނެފައިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް