ads
ޖިއާ އާއި ސޫރާޖު--
8 އަހަރު ފަހުން ޖިއާގެ މަރުގެ މައްސަލަ ހާއްސަ ސީބީއައި ކޯޓަކުން ބަލަނީ
ގިނަ އަހަރުތަކަކަށް ފަހު ބޮލީވުޑު ތަރި ޖިއާ ހާންގެ މަރުގެ މައްސަލަ ސީބީއައިގެ ހާއްސަ ކޯޓެއްގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އުމުރުން 25 އަހަރުގައި ޖިއާ މަރުވިއިރު އޭނާ ރައްޓެހިވެގެން އުޅުނީ، "ހީރޯ" އިން ސުނިލް ޝެޓީގެ ދަރިފުޅު އަތިޔާއާ އެކު ފިލްމީ ދުނިޔެއަށް ތައާރަފްވި ސޫރަޖް ޕަންޗޯލީއާ އެވެ.

ޖިއާ ހުރީ އޭނާ ނިދާ ކޮޓަރީގެ ފަންކާގައި ދަންޖެހިފައި ނަމަވެސް އޭނާގެ މަންމަ ރާބިއާ ތަކުރާރުކޮށް ބުނަމުންދަނީ އޭނާގެ ދަރިފުޅަކީ އަމިއްލައަށް މަރުނުވާނެ ކަމަށެވެ. އަދި މި މައްސަލަ ބަލައިދިނުމަށް ހައި ކޯޓުގައި ރާބިއާ އެދުނެވެ. އެއާއެކު ހައިކޯޓުން ސީބީއައި އަށް މައްސަލަ ތަހުގީގުކުރުމަށް އަމުރުކޮށްފައިވެ އެވެ.

ދެހާސް ތޭރަ ވަނަ އަހަރު ޖިއާ މަރުވެފައި ވަނީ އޭނާ މުމްބާއީގައި ދިރިއުޅެމުން އައި އެޕާޓްމަންޓުގަ އެވެ. އެކަމަކު ޖިއާ މަރުގެ މައްސަލައިގައި ސޫރަޖުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި އޭނާގެ މައްސަލަ ފުލުހުން ބަލަމުން އަންނަތާ މިހާރު 8 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ސޫރަޖަށް މި މައްސަލައިގައި ތުހުމަތު ކުރެވެނީ ޖިއާގެ ސުއިސައިޑް ނޯޓުގައި ސޫރަޖުގެ ނަން ފާހަގަކޮށްފައިވުމުގެ ސަބަބުންނެވެ.

ޖިއާ އުފަންވެފައިވަނީ އެމެރިކާގެ ނިއުޔޯކް ސިޓީއަށެވެ. އަދި ބޮލީވުޑްގައި ފިލްމީ ކެރިއަރު ފެށުމުގެ ކުރިން އޭނާ އުޅެ ބޮޑުވެފައި ވަނީ ލަންޑަނުގަ އެވެ.

ޖިއާ އެންމެ ފުރަތަމަ ފިލްމީ ދާއިރާއަށް ނުކުމެފައި ވަނީ، 2007 ވަނަ އަހަރު އަމީތާބް ބައްޗަންއާ އެކުގަ އެވެ. އަދި އޭނާ ކުޅެފައިވާ މަޝްހޫރު ފިލްމު ތަކުގެ ތެރޭގައި އާމިރު ހާންގެ ސައިކޮލޮޖިކަލް ތްރިލާއެއް ކަމަށްވާ ގަޖްނީ އާއި، 2010 ވަނަ އަހަރު ނުކުތް މަޝްހޫރު ކޮމެޑީ ފިލްމް ހައުސްފުލްގައި އަކްޝޭ ކުމާރާ އެކު ސަޕޯޓިން ރޯލެއް ކުޅެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް