ads
ނޫމަރާ ފަރުމައްޗަށް ބާޖު އުރިފައި-- ފޮޓޯ:އެމްއެންޑީއެފް
ގިނަ އަދަދެއްގެ ތެލާއެކު، ނޫމަރާ ނެރުމައްޗަށް ތެޔޮ ބާޖެއް އުރިއްޖެ
ގިނަ އަދަދެއްގެ ތެލާއިއެކު ދަތުރުކުރަމުން ދިޔަ ތެޔޮ ބާޖެއް ށ. ނޫމަރާ ނެރުމައްޗަށް އުރިއްޖެއެވެ.

އެމްއެންޑީއެފް މީޑިއާ އޮފިޝަލު ވިދާޅުވީ ގިނަ އަދަދެއްގެ ޕެޓްރޯލު އަދި ޑީސަލް ބަރުކޮށްގެން ދަތުރުކުރަމުންދިޔަ އެފްއެސްއެމްގެ ތެޔޮ ބާޖެއްކަމަށްވާ "މެކުނު" އުރުނު ކަމުގެ ރިޕޯޓު މިއަދު ހެނދުނު 06:59 ހާއިރުލިބިފައިވާ ކަމަށެވެ.

މި ބާޖު އުރުނުއިރު އެވަގުތު 5 މީހުން ބާޖުގައި ތިބި ކަމަށާއި ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓު ގާޑުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

ބާޖުގެ ވެރި ފަރާތުން މިހާރު އަންނަނީ އެހެން ބޯޓެއްގެ އެހީގައި ބާޖު ފުން ކުރުމުގެ މަސައްކަތް ކުރަމުން ކުރަމުންނެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ ބާޖުގައި 100000 ލީޓަރު ޑީސަލާއި 15000 ލީޓަރު ޕެޓްރޯލް ހުރިނަމަ ވެސް މިހާތަނަށް ތެޔޮ ލީކުވެފައިވާ ކަމުގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށެވެ.

ބާޖު ފަރަށް އަރާފައިވަނީ ށ. ފޯކައިދޫއިން ހދ. ނޭކުރަންދޫއަށް ދަތުރުކުރަމުން ދަނިކޮށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް