ads
ރައީސް ސޯލިހު ވެކްސިން ޖައްސަވަނީ--
ތިމާގެ އާއިލާއާ މުޖުތަމައަށްޓަކައި ވެކްސިން ޖެހުމަށް ރައީސް ސޯލިހު އެދިވަޑައިގެންފި
އަމިއްލަ އާއިލާ އާ މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖެހުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

މާލޭ ސަރަހައްދުގައި ވެކްސިން ޖަހާ ސެންޓަރުތަކުން އެޕޮއިންޓްމެންޓް ދޫކުރާކަން ހާމަކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ކުރި ޓުވީޓެއް ހިއްސާކުރައްވައި، ރައީސް ސޯލިހު ކުރި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ގިނަ ދުވަސްތަކެއް ދަތި ހާލުގައި އުޅުމަށްފަހު، އަލުން އެނބުރި އާންމު ދިރިއުޅުމަށް ރުޖޫއަ ވެވެން އޮތް މަގަކީ ވެކްސިން ކަމަށެވެ.

ރައީސް ސޯލިހު ވަނީ މިހާތަނަށް ވެކްސިން ނުޖަހާ ފަރާތެއް ހުރި ނަމަ، އަމިއްލަ އާއިލާ އާ މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި ވެކްސިން ޖެއްސެވުމަށް އެދިވަޑައިގެންފައެވެ. 

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 27 އިންސައްތަ މީހުން ވެކްސިންގެ އެންމެ ޑޯޒެއް ވެސް ފުރިހަމަކޮށްފައެއްނުވެއެވެ. އަދި ރާއްޖޭގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ 80 އިންސައްތަ މީހުން ވެސް ވެކްސިން ފުރިހަމަ ކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީއަށް ބޭނުންވާ ވަރަށް ވެކްސިން ލިބިފައިވާ ކަން ސަރުކާރުން އިއްޔެ ވަނީ ހާމަކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް