ads
ބްރިޖްގައި ހިނގި އެކްސިޑެންޓެއްގެ ތެރެއިން
ފޭރިގެން ފިލަން ދަނިކޮށް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ފޭރިގެން ފިލަން ސައިކަލުގައި ދުއްވަނި ކޮށް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ސީއެންއެމް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހެނދުނު 10:20 ހާއިރު ވިޔަފާރިވެރިންގެ މިސްކިތް ކުރިމަތީގައި އެވެ.

މި އެކްސިޑެންޓާ ގުޅިގެން ކުޑަ ކުއްޖަކާއި އަންހެނަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި ސައިކަލު ދުއްވަން ތިބި މީހުނަށް ވެސް އަނިޔާ ލިބިފައިވާކަމަށްވެއެވެ. އެމީހުނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް ގެންގޮސްފާވާކަމަށް މައުލޫމާތުލިބިފައިވެއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާލުވީ މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 10:13 ހާއިރުކަމަށެވެ. މި އެކްސިޑެން ހިނގާފައިވަނީ ވިލިގިލި ފެރީ ޓާމިލަ ކައިރިން ސައިކަލެއްގައި ދިޔަ ދެމީހަކު ބިދޭސީއެއްގެ ފޯނުފޭރިގަނެގެން ދުއްވާފައިދަނިކޮށް، އެސަރަހައްދުން ދިޔަ އަންހެނަކާ ކުޑަކުއްޖެއްގެ ގައިގާ ޖެހިގެން ކަމަށެެވެ.

މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ ފިރިހެނުންނާ، އަންހެން މީހާއާއި، ކުޑަކުއްޖާއަށް އަނިޔާ ވެފައިވާ ކަމަށާއި މި މީހުންނަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދުމުން އަންނަކަމަށް ފުލުންގެ މީޑިޔާ އޮފިޝަލު ވިދާޅުވެފައިވެއެވެ. މީގެއިތުރުން ސައިކަލުގައި ތިބި ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށްގެނެސް މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

71%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް