ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު--
އަލުން އިގްތިސާދު ހިނގައިގަތުމަށް ވެކްސިން ޖެހުން މުހިންމު: މިނިސްޓަރު އަމީރް
އަލުން އިގްތިސާދު ހިނގައިގަތުމަށް ވެކްސިން ޖެހުން ވަރަށް މުހިންމު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އިގްތިސާދު ކުރިއެރުވުމަށް ހުރިދަތިތަކާ ބެހޭގޮތުން ކުރިން ކުރެއްވި ޓްވީޓެއް ރިޓްވީޓް ކުރައްވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ މިހާރު ރާއްޖެއަށް ވަނީ މުޅިއާބާދީއަށް ޖެހޭނެވަރަށް ވެކްސިން ލިބިފައި ކަމަށާއި، މި ފުރުސަތުގެ ބޭނުން ހިފައި އިގްތިސާދުއަލުން ހިންގައިގަތުން ވަރަށް މުހިންމުކަމަށެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓުގައި ހުރިހާ ބޭފުޅުންވެސް ލަސްނުކޮށް ވެކްސިން ޖެހުމަށް އިލްތިމާސް ކޮަށްފައިވެއެވެ.

މިނިސްޓަރު އަމީރު ކުރިން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް މިހާރުއޮތް އެންމެ ބޮޑު ހުރަހަކީ، ކޮވިޑް ޕޮޒިޓިވްވާ ރޭޓް އިތުރުވެދާނެ ކަމުގެ ބިރު އޮތުން ކަމަށާ، މިހާރު އިގްތިސާދަށް ދެވޭނެ އެންމެ ބޮޑު ފަރުވާއަކީ ވީހާވެސް ގިނަބަޔަކު ވީހާވެސް އަވަހަށް ވެކްސިން ޖެހުންކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް