ads
ގެއްލިގެން ހޯދަމުންދާ ނައުފަލް
ގެއްލިގެން ހޯދަމުން އަންނަ ނައުފަލް ފެނިއްޖެ
ގެއްލިގެން ހޯދަމުން އަންނަ އދ. ކުނބުރުދޫ، ފެހިގެ، އުމުރުން 26 އަހަރުގެ އަހްމަދު ނައުފަލް ފެނިއްޖެ އެވެ.

ނައުފަލްގެ އާއިލާގެ ފަރާތުން މީހަކު ސީއެންއެމްއަށް ބުނީ އޭނާ ފެނުނީ ޗާންދަނީ މަގުގައި ހުންނަ ގެސްޓުހައުސް އަކުން ކަމަށެވެ. އެ ގެސްޓުހައުސްގެ ފޯނަކުން އާއިލާގެ މީހަކަށް ގުޅީ ނައުފަލް އަމިއްލައަށެވެ. 

އާއިލާގެ ފަރާތުން ސީއެންއެމްއަށް މައުލޫމާތު ދެއްވި ފަރާތުން ބުނީ، އޭނާގެ ހާލު ރަނގަޅު ކަމަށާއި، މީހަކާއި ކޮންޓެކްޓު ނުކުރެވި ދުވަސްތަކެއްވީ ފޯނު ހަލާކުވުމުގެ ސަބަބުންކަމަށް ނައުފަލް ބުނި ކަމަށެވެ. އަދި އޭނާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދޮށަށް ގެންގޮސް ތަހުގީގުތައް ހިންގަމުންނެވެ. 

ސީއެންއެމްއަށް މައުލޫމާތު ދެމުން ނައުފަލްގެ އާއިލާގެ ފަރާތުން މީގެ ކުރިން ބުނީ، އޭނާ އަކީ އަހްލާގު ރަނގަޅު މަޑުމައިތިރި ޒުވާނެއް ކަމަށެެވެ. ކުރިން ރިސޯޓެއްގައި މަަސައްކަތްކުރަމުންދިޔުމަށްފަހު، ނައުފަލްގެ އާއިލާގެ (މަންމަ އާއި ބައްޕަ) ގެ ކަންނެލި ދޯނީގެ ތެރެއިން އެއް ދޯނީގައި އޭނާ ކުރަމުންދިޔައީ ކަންނެލީގެ މަސްވެރިކަމެވެ.

އޭނާ ހުޅުމާލެ ފޭބި ދުވަހަކީ ދޯނީގައި އުޅެނިކޮށް ދޯނިތެރެއަށް ވެއްޓިގެން ޑޮކްޓަރަށް ދެއްކުމަށް ފޭބި ދުވަހެއް ކަމަށް އާއިލާއިން ބުނެއެވެ. ދޯނިތެރެއަށް ވެއްޓިގެން ލިބުނު އަނިޔާއަށް ފަރުވާހޯދުމަށް ނައުފަލް އެދުވަހު ދިޔައީ ޓްރީޓޮޕް ހޮސްޕިޓަލަށް ކަމަށާއި އޭގެފަހުން އައިޖީއެމް ހޮސްޕިޓަލުަގައި ބާއްވާފައިވާ އޭނާގެ ބޮޑުދައިތަ ކައިރިއަށްވެސް ދިޔަކަމަށް އާއިލާއިން ބުނެއެވެ. 

އެއީ މިމަހުގެ 26 ވަނަ ދުވަހެވެ. އޭގެ ފަހުން ހަ ދުވަސް ފަހުން އޭނާ އަމިއްލައަށް އާއިލާއަށް ގުޅިއިރު، މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އާއިލާއިން ދިޔައީ ނައުފަލް ހޯދުމަށްޓަކައި ފުލުހުންނާއި ގުޅިގެންވެސް މަސައްކަތް ކުރަމުންނެވެ. 

ސީއެންއެމްއަށް މައުލޫމާތު ދިން އާއިލާގެ މީހާ އޭރު ބުނީ ނައުފަލް އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެ ރެޑްބުލް ކޯޓު ކައިރި އިންނަ މަގަށް ވަންނަނިކޮށް ކަމަށާއި، އޭގެފަހުން 27 ވަނަ ދުވަހު ފެށިގެން ފޯނުގެ މުވާސަލާތީ ހިދުމަތްވެސް މެދުކެނޑިފައިވާ ކަމަށް ދައްކާ ކަމަށެވެ. 

13%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް