ads
ގުރައިދޫގައި ތެރަޕިސްޓުންގެ ހިދުމަތް ދިނުމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި
ކ. ގުރައިދޫގައި ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތެރަޕިސްޓުންގެ ހިދުމަތް ގާއިމްކުރުމުގައި ހުރި ކަންބޮޑުވުންތައް ނައިބް ރައީސް ފައިސަލް ނަސީމްއާއި ހިއްސާކޮށްފި އެވެ.

ފައިޞަލް ނަސީމް، މާލެ އަތޮޅު ގުރައިދުއަށް މިއަދު ކުރެއްވި ޒިޔާރަތުގައި އެރަށު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރީންނާއި ވަނީ ބައްދަލުކުރައްވާފައެވެ. އަދި މިދަތުރުފުޅުގައި، ގުރައިދޫގައި ހުންނަ ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ފައިސަލް ކުރެއްވި ޒިޔާރަތުގައި، އެތަނުގެ ހާލަތު ބައްލަވާލައްވާ އެ މަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވެއެވެ. 

މި ބައްދަލުކުރެއްވުމުގައި އެ މަރުކަޒުގެ އިސްވެރިން ވަނީ މަރުކަޒު ހިންގުމަށް ކުރިމަތިވެފައިވާ ދަތިތަކާއި ކުރިއަށް ރާވައި ކުރަމުންގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު އެމަނިކުފާނާ ހިއްސާކުރައްވާފައެވެ. އަދި އެރަށުގެ ކައުންސިލަރުން ވެސް ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތެރަޕިސްޓުންގެ ހިދުމަތް ގާއިމްކުރުމުގައި ހުރި ބައެއް ކަންބޮޑުވުންތަކާމެދު މަޝްވަރާކުރައްވާފައިވެއެވެ. އަދި ސިއްހީ މަރުކަޒުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންހުރި މަސައްކަތްތަކާއި ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެެވެ.

މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ފައިސަލް ވަނީ އެ މަރުކަޒުގެ މުވައްޒަފުން ކުރައްވަމުންގެންދަވާ މުހިއްމު މަސައްކަތުގެ އަގުވަޒަންކުރައްވާ، އެ ފަރާތްތަކަށް ހިތްވަރުދެއްވާފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ހައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމަށް ފައިސަލް ވިދާޅުވިއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަ އޮފް ޖެންޑަ، ފެމިލީ އެންޑް ސޯޝަލް ސަވިސަސް އާއިޝަތު މުހައްމަދުދީދީ އާއި، އެމްޓީސީސީގެ ސީއީއޯ، އާދަމް އާޒިމް އަދި، ހެލްތު މިނިސްޓްރީ އާއި، ސްޓެލްކޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް