ads
2008 ގެ ސާފުތަށްޓާއެކު
ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރަން ރާއްޖެއިން ބިޑުކޮށްފި
މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބިޑުކޮށްފިއެވެ.

ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް އެފްއޭއެމުން ބިޑް ޑޮކިއުމެންޓް ހުށަހެޅީ މިއަދުއެވެެ. މިކަން ހާމަކޮށްފައިވަނީ އެފްއޭއެމްގެ ރައީސް ބައްސާމް ޢަދީލް ޖަލީލް މިއަދު ކުރެއްވި ޓްވީޓެއްގައެވެ. 

ރިޕޯޓްތައް ބުނާ ގޮތުން މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރުމަށް ބިޑުކޮށްފައިވަނީ ރާއްޖޭގެ އިތުރުން އިންޑިޔާ އަދި ނޭޕާލެވެ. ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ގަސްދުކޮށްފައިވަނީ އަންނަ އޮކްޓޫބަރު މަހުއެވެ. 

ސާފްގެ ހަތް ގައުމުގެ ތެރެއިން ސާފު ޗެމްޕިއަންޝިޕުގައި ވާދަކުރާނީ ފަސް ގައުމަކުންނެވެ. ޕާކިސްތާން އަދި ބޫޓާން އަންނަ ސާފުގައި ނުކުޅޭނެއެވެ. ޕާކިސްތާނު ނުކުޅެނީ އެ ގައުމު ފީފާއިން ސަސްޕެންޑްކޮށްފައިވާތީއެވެ. ބޫޓާން ނުކުޅެނީ ކޮވިޑާ ހެދި ދަތުރުފަތުރު ކުރުމުގެ ކަންކަން ހުރި ގޮތުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް