ads
ރާއްޖޭގެ ރަށެއް-- ފޮޓޯ: ގެސްޓްހައުސް މޯލްޑިވްސް
އަތޮޅުތަކުން ކޮވިޑަށް ޕޮޒިޓިވްވާ މިހުންގެ ރޭޓް މައްޗަށް
އަތޮޅުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، އިތުރު 82 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު ރާއްޖެއިން 123 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރެއިން 82 މީހަކު ޕޮޒިޓިވްވީ އަތޮޅުތަކުންނެވެ. މާލެއިން 21 މީހަކު ޕޮޒިޓިވްވި އިރު މާލޭގެ ޜޭޓް  ވަނީ ދަށްވެ، އެއްވަރެއްގައި ހިފެހެއްޓިފައެވެ. އޭގެ އިތުރުން މިއަދު ރިސޯޓްތަކުން 20 މީހަކު ޕޮޒިޓިވްވި އެވެ. 

މިއަދު ރާއްޖެއިން 5،024 ސާމްޕަލް ޓެސްޓް ކުރެވުނު އޭގެ ތެރޭގައި ހިމެނެނީ މާލެއިން ނެގުނު 1،612 ސާމްޕަލާއި އަތޮޅުތަކުން ނެގުނު 3،412 ސާމްޕަލެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދު 2،601 ގައި އުޅޭއިރު ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 74،598 އަރާފައެވެ. މިހާތަނަށް ރާއްޖެއިން 77،432 މީހަކަށް މިބަލި ޖެހިފައިވެއެވެ. އަދި މިބަލީގައި 221 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް