ads
ޕެޓިޝަން ހަވާލުކުރުން
ހިޔާ ފްލެޓްތަކުގެ ވެރީންގެ ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރެޓީ ލީޑަރަށް އަރުވައިފި
ހިޔާ ފްލެޓް ތަކުގެ ވަޒަންވެރީންގެ ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރެޓީ ލީޑަރަށް އަރުވައިފިއެވެ.

ހިޔާ ޔޫނިއަން އިން އެދެނީ ޔުނިޓްތަކުގެ ކުލި -/5600ރ އަށް ކުޑަކުރެވި އިންޓީރިއާ ފިނިޝިންއަށް ހޭދަވާ ގުރޭސް ޕީރިއެޑް 12 މަހަށް ހެއްދެވުމުގެ އިތުރުން ޖުމްލަ އަގުން އިންޓީރިއާ އަށް ހޭދަވާ -/100،000ރ މަޢާފް ވެގެން ދިއުމެވެ.

ހިޔާ ފްލެޓް ތަކުގެ ކުލި -/5600ރ އަށް ހައްދަވައި، އިންޓީރިއާ ފިނިޝިންއަށް ހޭދަވާ ގުރޭސް ޕީރިއެޑް 12 މަހަށް ހެއްދެވުމުގެ އިތުރުން ޖުމްލަ އަގުން އިންޓީރިއާ އަށް ހޭދަވާ -/100،000ރ މަޢާފް ކޮށްދެއްވުމަށް ދަންނަވައި ފްލެޓް ލިބުނު 2177 މީހުން ސޮއި ކޮށް 01 ޖޫން 2021 ގައި ރަޢީސް އޮފީހަށް ހުށަހެޅުނު ޕެޓިޝަނާއި ގުޅިގެން، ހިޔާ ޔޫނިއަން އިން ރަޢީސް އޮފީސް ، ހައުސިން މިނިސްޓްރީ އަދި އެޗް.ޑީ.ސީ އާއި އެކު ދެންނެވުނު ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ފާއިތުވީ 02 މަސް ދުވަހު ކުރެވުނު މަސައްކަތް ތަކުން ސަރުކާރުގެ ވުޒާރާތަކުން މިކަމަށް އެދެވޭ ހައްލެއް ހޯދިފައި ނުވާތީ ދެންނެވުނު ކަންބޮޑުވުންތަށް ރައްޔިތުންގެ މަންދޫބުން ކަމުގައިވާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރެޓީ ލީޑަރ ޢަލީ އާޒިމް އާއި ވަނީ ހަވާލުކޮށްފައެވެ.

ހިޔާ ޔޫނިއަން އިން ކުރަމުންދާ މަސައްކަތް ތަކަކީ މަތީގައި ބަޔާން ކުރެވުނު 3 މަގްސަދު ހާސިލް ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކެކެވެ. ހިޔާ ޔޫނިއަންގެ އެދުމަކީ ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހެޅި ކޮމެޓީ މަރުޙަލާއިން ގޮތްތަކެއް ނިންމި މަޖިލިސް ތަޅުމުން މިކަމާއި ގުޅިގެން ގޮތެއް ނުމުން ކަމަށް ހިޔާ ޔޫނިއަން އިން ބުނެއެވެ. 

ރައްޔިތުންނާއި ގުޅިފައިވާ 25،000 އެތަކެއް ރައްޔިތުންނާއި ސީދާ ގޮތުން ގުޅިފައިވާ މި މައްސަލަ އަށް ހައްލެއް ލިބުމަކީ ހިޔާޔޫނިއަންގެ އެދުމެވެ. ސަރުކާރާއި މަޖިލިސް ގުޅިގެން ކުރެވޭ މަސައްކަތް ތަކުން ހާސިލް ނުކުރެވޭނޭ އެއްވެސް ކަމަކަށް ޔޫނިއަން އިން އެދިފައި ނުވާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް