ads
ރީނދޫ ފޭސް މާސްކް
ހަންގަނޑުގެ ކުލަ އަލިކޮށްލަން ބޭނުން ނަމަ މި ފޭސް މާސްކް ޓްރައިކޮށްލާ
އާންމުގޮތެއްގައި ދުވާލުގެ ގިނަ ވަގުތު ބޭރުގައި ހޭދަކުރަން ޖެހުމުން މޫނުގެ ހަންގަނޑު އެދުމަކީ ގިނަ ބަޔަކަށް ދިމާވާކަމެކެވެ. އެހެން ނަމަވެސް ސެލޫން ތަކަށް ގޮސް ފޭޝަލް ހެދުމަކީ ގިނަ ބަޔަކަށް ވަގުތު ހުސްކުރަން ފަސޭހަކަމަކަށް ނުވެއެވެ.

މިއޮތީ ގޭތެރޭގައި ކުޑަ ވަގުތުކޮޅަކުން ފަސޭހަ ކަމާއެކު ތައްޔާރުކޮށްލެވިދާނެ ފޭޝަލް އެކެވެ.

ބޭނުންވާ ތަކެތި: 

1 މޭޒުމަތީ ސަމްސާ ރީނދޫ 

1 މޭޒުމަތީ ސަމްސާ މާމުއި 

1 މޭޒުމަތީ ސަމްސާ ޕްލެއިން ޔޯގަޓް 

1 މޭޒުމަތީ ސަމްސާ ހިކި ކިރު

ތައްޔާރު ކުރާނެ ގޮތް: 

ކުޑަ ތައްޓަކަށް ރީނދޫކޮޅާ، ހިކި ކިރުކޮޅު މިކްސް ކޮށްލުމަށް ފަހު ޔޯގަޓް އަދި މާމުއި ކޮޅުވެސް އެކައްޗެއްގައި ރަނގަޅަށް މިކުސް ކޮއްލާށެވެ. މިހާރު މިހުރީ މި ޕޭސްޓް ތައްޔާރުކުރެވިފައެވެ. މިއީ ބަދިގެ ތެރޭގައި އާމުކޮށް ބޭނުންކުރާ ތަކެތިން ތައްޔާރުކޮށްލެވިދާނެ ވަރަށް ފަސޭހަ ކްރީމް ޕޭސްޓެކެވެ. 

your imageރިދޫ ފޭސް މާސްކް 

ބޭނުންކުރާނެ ގޮތް:

މޫނު ރީތިކޮށް ފުރަތަމަ ފެނުން ދޮވެލާށެވެ. ދެން އެޔަށްފަހު ތުވާލިން ނުވަތަ ޓިޝޫއަކުން މޫނު ފޮހެލުމަށް ފަހު މި ތައްޔާރު ކުރި ޕޭސްޓް މޫނުގެ ހަންގަނޑު ރަނގަޅަށް ފޮރުވޭގޮތަށް އުނގުޅާށެވެ. މޫނުގައި މި ޕޭސްޓް އުނގުޅާއިރު ލޮލުގެ ވަސައިގެންނާއި ތުންފަތުގައި ނޫގުޅާށެވެ. 

މޫނުގައި މި ޕޭސްޓް އުނގުޅުމަށް ފަހު 10 ވަރަކަށް މިނެޓް މަޑުކޮށްލާށެވެ. 10 ވަރަކަށް މިނިޓް ތެރޭގައި މޫނުގައި އުނގުޅި ކްރީމް ހުންނާނީ އެއްކޮށް ހިކިފައެވެ. ކްރީމް ހިކުމުން މޫނު ހުސް ފެންކޮޅަކުން ދޮވެލާށެވެ. އޭރުން ހުންނާނީ ސެލޫނަކަށް ގޮސްގެން ވެސް ހަދާ ކަހަކަ ފޭޝަލް އެއް ހެދިފަ އެވެ. އޭރުން ވެސް މޫނުގެ ނަލަކަން ހުންނާނީ ފުރިހަމަވެފަ އެވެ.

86%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް