ads
ޑެޓޮކުސް ވޯޓަރ
ހިކެން ބޭނުންނަމަ ބޯންވީ މި ބުއިން
ބަރުދަން ލުއިކުރުމަށް ގިނަ ބަޔަކު އެތައް މަސައްކަތެއް ކުރަމުން އަންނަ އިރު، ކަސްރަތު ކޮށްގެން ހިކެން ބޭނުން ނުވާ މީހުން ވެސް އެބަތިއްބެވެ.

މި ބުއިމަކީ ކަސްރަތަކާއި ނުލާވެސް ބަރުދަން ފަސޭހަކަމާއެކު ލުއިކޮށްލަދޭ އެއްޗެކެވެ.

ބޭނުންވާ ތަކެތި: 

1 ކިއުކަންބާ 

2 ސަމްސަ ޗިއާ ސީޑްސް 

2 ލުނބޯ 

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ކިއުކަންބާ ފޮތިކޮށް ކޮށާލާފަައި ބްލެންޑަ އަށް އަޅާ ބްލެންޑުކޮށާލާށެވެ. ދެން އެޔަށްފަހު ޗިއާ ސީޑްސް ކޮޅު ފެންކޮޅަކަށް އަޅާފައި އިރުކޮޅަކު ބެހެއްޓުމަށް ފަހު ބްލެންޑްކުރި ކިއުކަންބާކޮޅު ޗިއާ ސީޑްސް އެޅި ފެނަށް އަޅާ މިކްސް ކޮށްލާށެވެ. ދެން އެޔަށްފަހު އެއް ލުންބޯގެ ހުތްކޮޅު ނަގާ ހަމަ އެފެނަށް އަޅާ މިކްސް ކޮށްލާށެވެ. ދެން އަނެއް ލުނބޯ ތުނިކޮށް ކޮށާލުމަށް ފަހު މި ތައްޔާރުކުރެވުނު ފެނަން އަޅާށެވެ. ޗިއާ ސީޑްސް އަށް ފެން އަޅާނީ 1.5 ލީޓަރުގެ ފުޅިއަކަށް އެޅޭވަރަށެވެ. މިހާރު މިހުރީ މި ބުއިން ތައްޔާރުކުރެވިފައެވެ. 

އެހެން ނަމަވެސް މި ބުއިން ތައްޔާރުކުރުމަށް ފަހު އެއް ރޭ ވަންދެން ފުޅިއެއްގައި ނުވަތަ ޖަގަކަށް އާޅާފައި ފްރިޖުގައި ބައިންދާށެވެ. ދެން އެއަށް ފަހު ހެނދުނު ހައިބަނޑަށް ހުރެ މި ބުއިން ކޮންމެ ދުވަހަކު ހެންދުނު އެއް ތަށި ބޯށެވެ. 

މި ބުއިމަކީ މިހާރުވެސް ގިނަ ބަޔަކު ޕްރެކްޓިސް ކުރަމުން އަންނަ ބުއިމެކެވެ.

44%
ކަމުގޮސްފި
44%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް