ads
މިނިސްޓަރު ޝާހިދު-- ފޮޓޯ: ރާއްޖެއެމްވީ
އޮސްޓްރޭލިއާގެ ރައްޔިތުންނަށް މިނިސްޓަރު ޝާހިދުގެ ހަމްދަރުދީ
އޮސްޓްރޭލިއާގެ އެކި ސަރަހައްދުތަކުގައި ރޯވެ، އަނދަމުންދާތީ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަމްދަރުދީ ފާޅުކުރައްވައިފިއެވެ.
އޮސްޓްރޭލިއާގެ އެކި ސަރަހައްދުތަކުގައި ރޯވެ، އަނދަމުން ދާތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަމްދަރުދީ ފާޅުކުރައްވައިފި އެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޮސްޓްރޭލިއާގެ އެކި ސަރަހައްދުތަކުގައި ރޯވެ، އަނދަމުން ދާތީ އެކަމާ އިންތިހާއަށް ހިތާމަ ކުރައްވާ ކަމަށެވެ.

އޭގެ އިތުރުން އޮސްޓްރޭލިއާއަށް ކުރިމަތިވެފައިވާ ގައުމީ ކުއްލި ހާލަތުގައި، އެގައުމުގެ ރައްޔިތުންނާއެކު ދިވެހިން ތިބި ކަމަށާއި، އަވަސް ގޮތަކުން އެކަމުން އަރައިގަނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ކުރެއްވި ޓްވީޓުގައި ވަނީ ވިދާޅުވެފަ އެވެ.


އޮސްޓްރޭލިއާގެ އެކި ސަރަހައްދުތަކުގައި އަލިފާން ރޯވެފައި ވަނީ މި ދުވަސްވަރަކީ އޮސްޓްރޭލިޔާ އަށް ހޫނު މޫސުން ކަމަށް ވާއިރު ދުނިޔެ މަތި ހޫނުވުމުގެ ސަބަބުންނެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން ހުއްޓުމެއް ނެތި އަނދަމުންދާ އަލިފާންގަނޑުގައި އެތައް ބަޔަކު ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ. އަލިފާނުގައި މިހާތަނަށް ވަނީ 24 މީހުން މަރުވެފަ އެވެ. އެނދި ގެދޮރުގެ އަދަދު 2،000 އަށް ވުރެ މައްޗަށް އަރަ އެވެ.

މިހާތަނަށް 500 މިލިއަން ޖަނަވާރުންނަށް އަލިފާނުގެ އަސަރުކޮށް މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް