އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފަޔާފައިޓަރުން ހަރަކާތްތެރިވަނީ- ފޮޓޯ: އޭއެފްޕީ
އަލިފާން ރޯކުރިކަމުގެ ޒިންމާ ޕީކޭކޭ އިން ނަގައިފި
Share
ތުރުކީގެ ޖަންގަލީތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ އަލިފާާންގަނޑު ގަސްތުގައި ރޯކުރި ކަމުގެ ޒިންމާ އެގައުމުގެ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ)އިން ނަގައިފި އެވެ.
Advertisement

ޕީކޭކޭގެ ބަޔާނަކާއި ހަވާލާދީ ތުރުކީގެ ނުއިސް ސިވިއަން ނޫސް އިން ރިޕޯޓްކުރާ ގޮތުގައި އެ ޖަމާތުން ޖަންގަލީގައި އަލިފާންރޯކުރީ ތުރުކީގެ މީހުން ކުރުދީންގެ މީހުންނާއި މެދު ގެންގުޅޭ ހަރުކަށި އަދި ތަފާތުކުރުވަނިވި ސިޔާސަތުތަކަށް ބަދަލުހިފުމުގެ ގޮތުންނެވެ. 

ބަޔާނުގައި ޕީކޭކޭއިން ބުނީ ތުރުކީން ވަނީ އެމީހުންގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެ ކުރުދީން މަރާ އެމީހުންގެ ވެށި އަންދާލާފަ ކަމަށެވެ. އަދި "އިސްތިއުމާރީ ތުރުކީގެ ސަރުކާރުން އަންނަނީ ސިފައިންނާއި ފުލުހުން ބޭނުންކޮށްގެން" ކުރުދީންނާއި ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. 

އަދި ރޯވަމުންދާ ސިޓީތަކާއި އަޅިން ގެއްލިފައިވާ އުޑުމަތިން ފެންނަނީ ކުރުދީންގެ ރުޅިވެރިކަން ކަމަށާއި ތުރުކީން ކުރުދީންނާއި ދެކޮޅަށް ހިންގި ގަތުލުއާއްމުތަކާއި ކުރުދީންނާއި ދެކޮޅަށް ގެންގުޅޭ ސިޔާސަތްތައް ލިސްޓުކުރެވިފައިވާކަމަށް ޕީކޭކޭއިން ބުނެއެވެ. 

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އެރުދޯއާން ވަނީ އެގައުމަށް "ގައްދާރުވެ އަލިފާން ރޯކުރުމުގައި" އެއްވެސް ބައެއް އަތެއްވާކަން ތަހުގީގުން ސާބިތުވެއްޖެނަމަ ދެވެން އޮތް އެންމެ ހަރުކަށި އަދަބުދޭނެކަމަސް ވިދާޅުވެ އިންޒާރުދީފައެވެ. 

ތުރުކީގައި ރޯވި ބޮޑު 107 އަލިފާންގަނޑުގެ ތެރެއިން މިހާރު ކޮންޓްރޯލް ނުކުރެވި ހުރީ ފަސް އަލިފާންގަނޑެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް