ads
ބޮން ގޮއްވާލި ކަމަށް ބެލެވޭ މީހާ
އަދުހަމްގެ މައްޗަށް 4 ދައުވާއެއް
ބޮން ގޮއްވާލި މައްސަލާގައި އެކަމުގެ ތަހުމަތުގައި ހައްޔަރު ކުރި އަދުޙަމް އަޙްމަދު ރަޝީދުގެ މައްޗަށް 4 ދައުވާއެއް އުފުލައިފި އެވެ.

ޓެރަރިސްޓު ހަމަލާއާ ގުޅިގެން ކުރާ ދައުވާތަކާ ގުޅޭ ތަފްސީލު ހާމަކުރުމުގެ ގޮތުން ޕީޖީން މިއަދު ވަނީ ނޫސްވެރިންނާއި ބައްދަލުކޮށްފައެވެ. 

މި ބައްދަލުވުމުގައި ޕީޖީ ވިދާޅުވީ އަދުހަމްގެ މައްޗަށް ޖުމްލަ 23 އަހަރު ދުވަހުގެ ހުކުމެއް އަންނަ 4 ދައުވާއެއް އުފުލިފައިވާ ކަމަށެވެ. 

އަދުހަމްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާއާއި ޓެރަރިޒަމްގެ ޢަމަލެއް ކުރަން ރޭވުމުގެ ދައުވާއާއި ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ދައުވާއާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާއެވެ. 

އަދުހަމްގެ އިތުރުން އިތުރު 3 މީހެއް މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. މި މައްސަލާގައި ދެން ދައުވާ އުފުލާފައިވަނީ 

މުޖާޒް އަޙްމަދާއި ތަހުމީން އަޙްމަދުގެ އިތުރުން ޢަލީ ހައިޝަމް މައްޗަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް