ads
ޕީޖީ ހުސައިން ޝަމީމް-- ފޮޓޯ: ސީއެންއެމް
އަދުހަމްއާއެކު 23 އަހަރުގެ ހުކުމެއްގެ އެއްބަސްވުމަކަށް
މެއި މަހުގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ބޮން ގޮއްވާލަން ރިމޯޓަށް ފިއްތި ވ. ތިނަދޫ އަދުހަމް އަހުމަދު ރަޝީދު އާއެކު ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން 23 އަހަރުގެ ޖަލު ހުކުމެއްގެ އެއްބަސްވުންހަދައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމު ވިދާޅުވީ އަދުހަމް އާއެކު މިހާރު 23 އަހަރުގެ ހުކުމަކަށް އެއްބަސް ވެވިފައި ވާކަމަށާއި ، ދެން އެކުށް ތަކުރާރު ކުރަންޏާ ކުރެވޭނީ 23 އަހަރު ފަހުންކަމަށެވެ. 

ޕީޖީ ވިދާޅުވީ ޖަލަކީ ރިހެބިލިޓޭޓް ކުރާ ތަނެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، އުންމީދަކީ ޖަލުން ނުކުމެގެން އަންނައިރު ކޮންމެ މީހަކުވެސް އިސްލަހު ވެގެން އަންނާނެ ކަމަށް ކަމަށެވެ. އަދި އެނިޒާމަށް ކަންކަން ހިނގަން ފެށުމުން ރަނގަޅަށް ނިޒާމު ހިނގާނެ ކަމަށެވެ. 

ޕީޖީ ވިދާޅުވީ މިގޮތަށް އެއްބަސްވުން ހެދުމުން މައްސަލަތައް ކުރިއަށް ގެންދިއުމުގައި ހުރިހާ މަރުހަލާއެއްގައިވެސް އަވަސް ވެގެންދާކަމަށެވެ. 

"އަޅުގަނޑުމެންގެ މަސައްކަތްތައް ހަރުދަނާވެގެންދާނެ އިތުރު ކޮންޕޯނަންޓެއް ގޮތަށް އަޅުގަނދު ދެކެނީ މިކަންތައް ." ޕީޖީ ޝަމީމު ވިދާޅުވިއެވެ. 

ފުލުހުން ކުރިން އާއްމުކުރި ސީސީޓީވީ ފޫޓޭޖުން ފެންނަނީ އަދުހަމް ބޮން ގޮއްވާލުމުގެ ކުރިން އަތަމާ ޕެލެސް ތެރޭގައި މަޑުކޮށްލައިގެން އެކަމަށް ތައްޔާރުވަމުންދިޔަ ތަނެވެ. އެގޮތުން ފޯނުން ކޮންމެވެސް މީހަކާއި ދެތިން މިނެޓަކަށް ވާހަކަ ދައްކަަން ހުރުމަށް ފަހު، މަޑުމަޑުން މަގުމައްޗަށް ނިކުމެ ބޮން ގޮއްވާލާ މަންޒަރު ފެނެއެވެ. 

ފުލުހުންގެ ފޮރެންސިކް ޓީމުން ވަނީ އަތަމާ ޕެލެސް ތެރޭގައި އަދުހަމް ހުރިއިރު އޭނާ ފާރުގައި ފައިޖައްސާފައިވާ ތަންތަނުން ފުޓް ފްރިންޓު ނަގާފައެވެ. ފުލުހުން ބުނީ އަދުހަމް ހައްޔަރު ކުރުމަށް ފަހު އޭނާގެ ފައިން ނެގުނު ޕުޓް ޕްރިންޓާއި އޭރު އަތަމާ ޕެލެސްތެރެއިން ނެގި ފުޓް ޕްރިންޓާ ދިމާވާ ކަމަށެެވެ. 

ބޮން ގޮއްވާލުމަށް ފަހު އަދުހަމް ފިލަން ދިޔަގޮތްވެސް ފުލުހުން ވަނީ އެނިމޭޓެޑް ވީޑިއޯއަކުން ދައްކާލާފައެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުން، އެންމެ ފުރަތަމަ އަދުހަމް ދުވެފައި ދާ ތަނާއި އަދި ފަހުން ބާރު ހިނގުމުގައި ގޮސް، އެންމެ ފުރަތަމަ ހައްޔަރުކުރި މީހުންގެ ތެރޭ ހިމެނޭ މުޖާޒް އަހުމަދާއި ބައްދަލުކުރާ މަންޒަރު ފެނެއެވެ. 

އޭގެފަހުން އެދެމީހުން އެކުގައި ހިނގާފައިދާ މަގުތައް ސީސީޓީވީ ފުޓޭޖްގެ އެހީގައި ފުލުހުން ވަނީ ދެނެގަނެފައެވެ. 

އޭނާ ވަނީ ހެލެނބެލި މަގުން ހުޅަނގަށް ގޮސް ރަށްދެބައި މަގުން ދެކުނަށް އަޅާލެވޭ ހިސާބަށް ދުވެފައި ގޮސްފައެވެ. އެޔަށްފަހު ބާރު ހިނގުމެއްގައި ހިނގާފައިގޮސް ޗާންދަނީ މަގުން އަޅައިގެން ގޮސް މަސްޖިދުލް ޖަލާލުއްދީންއަށް އޭނާ ވަދެފައިވެއެވެ. ދެން އެ މިސްކިތުގައި ވަރަށް ކުޑަވަގުތުކޮޅެއް ހޭދަކުރުމަށް ފަހު ނިކުމެ ހިނގާފަގޮސް އަމީނީ މަގުން އިރަށްގޮސް އަމީނީ ބިލްޑިން ކުރިމަތިން އޮންނަ ޕާކަށް ވަދެ އެތާގައި ވެސް މަޑުކޮށްފައިވެއެވެ. އެވަގުތު ޕާކުގައި މުޖާޒް ހުރިއިރު، ދެން އެދެ މީހުން އެކުގައި އެ ހިސާބުން ނިކުމެގެން ޓީވީއެމް ކުރިމަތީގައި އޮންނަ ޕާކުތެރެއަށްވަދެ އެ ޕާކުގައިިވެސް މަޑުކޮށްފައިވެއެވެ.

އެޔަށްފަހުވެސް މާލޭގެ ގިނަ މަގުތަކަކުން އެދެ މީހުން ދަތުރުކޮށްފައިވާއިރު، އެދެ މީހުން ދަތުރުކުރިގޮތުގެ ޓެރެކް ފުލުހުން ވަނީ ހޯދާފައެވެ. 

ސީޕީ ހަމީދު ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ހަމަލާ ރާވާ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ މީހުންނަކީ، ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމް އާއި، ކ. މާލެ، ކުދެހިގެ، އިސްހާގު އާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް ކަމަށެވެ.  ހައިޝަމް އަކީ ގޮއްވާލި ސައިކަލުގައި ބޮން ހަރުކުރުމަށް އަމަލީގޮތުން ބައިވެރިވި ފަރާތެވެ. އަދި އިސްހާގަކީ، ހަމަލާ ރާވާ ހިންގުމުގައި އެންމެ އިސްކޮށް ހުރި އެއް ފަރާތުގެ އިތުރުން، ހަމަލާ ދިނުމަށްޓަކައި އަދުހަމް ތައްޔާރުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހާ ވެސް މެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް