ads
ޖަޕާނުން ހަދިޔާ ކުރި ފަޔާ ލޮރީތައް---
14 ރަށަކަށް އަލިފާން ނިންވަން ބޭނުންކުރާ ވެހިކަލް ފޮނުވައިފި
ޖަޕާން ސަރުކާރުން ހަދިޔާކުރި ފަޔާ ވެހިކަލްތައް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ބެލުމުގެ ދަށުން ކަނޑައެޅިފައިވާ، ރާއްޖޭގެ 14 ފަޔާ ސްޓޭޝަނަށް ފޮނުވައި ނިންމާލައިފިއެވެ.
ޖަޕާން ސަރުކާރުން ހަދިޔާކުރި ފަޔާ ވެހިކަލްތައް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ބެލުމުގެ ދަށުން ކަނޑައެޅިފައިވާ، ރާއްޖޭގެ 14 ފަޔާ ސްޓޭޝަނަށް ފޮނުވައި ނިންމާލައިފިއެވެ.

އެ 14 ފަޔާ ސްޓޭޝަނަށް ފޮނުވިފައިވަނީ 24 ވެހިކަލް އަދި ފަސް ލޯންޗެވެ. އެވެހިކަލްތަކުގެ ތެރޭގައި ހިމެނޭ ޓެންޑާ ވެހިކަލްގައި 1500 ލީޓަރު ފެން އުފުލުމުގެ ގާބިލްކަން ލިބިފައިވާއިރު ފޯމް ޓެންޑާ ވެހިކަލްގައި 200 ލީޓަރު ފޯމް ކޮންސެންޓްރޭޓް އަދި 4000 ލީޓަރު ފެން އުފުލެއެވެ.

ޖަޕާން ސަރުކާރުން ހަދިޔާ ކުރި ވެހިކަލްތަައް ފޮނުވިފައިވާ ރަށްތަކަކީ މާލޭ، ހުޅުމާލޭ، ވިލިމާލެ، ހދ. ކުޅުދުއްފުށި، ޅ. ނައިފަރު، ތިލަފުށި، އދ.މާމިނގިލި، ފ.ނިލަންދޫ، ދ. ކުޑަހުވަދޫ، ލ.ކައްދޫ، ގދ. ތިނަދޫ، ޏ. ފުވައްމުލައް، ސ.ހިތަދޫ އަދި ސ ހުޅުމީދޫ އެވެ.

ޖަޕާން ސަރުކާރުން ހަދިޔާކުރި އެ ވެހިކަލްތަކުގެ ސަބަބުން ރާއްޖޭގެ ސަރަހައްދުތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި ފަޔަމަނުން ހަރަކާތްތެރިވުމަށް އިތުރު ކުރިއެރުން ލިބި، ހިނގާ އަލިފާނުގެ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނަ އާއި މުދާ ސަލާމަތްކުރުމުގައި ލިބިފައިވާ ވަސީލަތްތަކުގެ ބޭނުންހިފުމަށް އިތުރަށް މަގުފަހިވެގެން ދާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ވެހިކަލްތަކަކީ މިދިޔަ އަހަރުގެ ޑިސެމްބަރު ފަސް ވަނަ ދުވަހު ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާ ކުރި ވެހިކަލްތަކެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް