ހަމަލާދޭތަން ފެންނަ ވީޑިއޯގެ މަންޒަރެއް
ތަކުރާރުކޮށް މީހަކަށް ހަމަލާދެނީ، މިރޭ ވެސް މަރުގެ އެތިފަހަރެއް
Share
ދިއެފްއެމުގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ އަށް ދަނގަނޑުބުރިއަކުން މިރޭ ހަމަލާދީފި އެވެ. އޭނާ އަށް ހަމަލަދީފައިވަނީ ލ. ފޮނަދޫގަ އެވެ.
Advertisement

މިހަމަލާގެ ވީޑިއޯ "ސީއެންއެމް" އަށް ލިބިފައިވާއިރު މިހަމަލާގައި އަނިޔާވި ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު  ސީއެންއެމް އަށް ވިދާޅުވީ މިރޭ 9:30 ހާއިރު ފޮނަދޫ އުތުރު ފަރާތުގެ ބޯޅަދަނޑު ކައިރިން އޭނާ އަންހެނުންނާއެކު ބުރެއް ޖަހާލަން ނިކުމެ އުޅެނިކޮށް ސައިކަލެއްގައި ފަހަތުން އައި މީހަކު އޭނާއަށް ދަނގަނޑުބުރިއަކުން ހަމަލާ ދީފައިވާ ކަމަށެވެ. 

އޭނާ ވިދާޅުވީ ފަހަތުން އައި މީހާ ހަމަލާދިނުމުގެ ކުރިން މަގުމަތިން ދިމާކޮށް ހަޑިއެއްޗެހި ގޮވާހެދި ކަމަށެވެ. 

"ފުރަތަމަ އޭނާ ހަޑިއެއްޗެހި ގޮވާފައި ދިޔައީ، ފަހުން ފަހަރު ދަނގަނޑުބުރިއެއް ހިފައިގެން އައުމުން އަޅުގަނޑު ބުނިން އަންހެނުން ކައިރީ ރިކޯޑްކުރާށޭ," އޭނާ ސީއެންއެމްއަށް ކިޔާދިނެއެވެ.

ޒަހަމްތަކަށް ފަރުވާ ހޯދުމަށް ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ގޮސް އެކްސްރޭ ނަގައި ބޭސްއެޅި ކަމަށާއި މިވަގުތު ހުރީ ޕޮލިސްޓޭޝަންގައި ކަމަށް މަސްއޫދު ވިދާޅުވިއެވެ.

މަސްއޫދު ވިދާޅުވީ މިއީ އެމީހާ އޭނާއަށް ހަމަލާދިން ފުރަތަމަ ފަހަރު ނޫން ކަމަށާއި، މީގެ ކުރިން އޭނާގެ ކާރެއްގައިވެސް އެމީހާ ރޯކޮށްލާފައިވާ ކަމަށެވެ. އަދި އެމައްސަލާގައި ފުލުހުން އޭނާ ހޯދި ނަމަވެސް އޭނާ ހައްޔަރުކޮށް ތަހުގީގުކޮށްފައިވާ ކަމެއް އެނގިފައިނުވާ ކަމަށް މަސްއޫދު ވިދާޅުވިއެވެ. 

"އޭނާ އުޅެނީ ފުލުހުންނަަށް ފިލައިގެން ކަމަށްވެސް ވެދާނެ، މިއީ ބޮޑު ރަށެއްވީމަ ފިލައިގެންވެސް އުޅެވިދާނެ." މަސްއޫދު ވިދާޅުވިއެވެ.

މަސްއޫދު ވިދާޅުވީ މީގެ ކުރިންވެސް އެތައް ފަހަރަކު އެމީހާ އޭނާއަށް އިންޒާރު ދީފައިވާ ކަމަށާއި، އެ މައްސަލަ ފުލުހުގައިވެސް ޖެއްސިކަމަށެވެ.

އެމީހާ އަކީ އޭނާ ކުރިން ކައިރިން މަސައްކަތްތަކުގައި ގެންގުޅުނު މީހެއް ކަމަށާއި، ނަމަވެސް އެއީ އޭނާ އެހާ ދަންނަ މީހެއް ނޫން ކަމަށް މަސްއޫދު ކިޔާދިނެވެ. 

އަދި ތަކުރާރުކޮށް އިންޒާރުދީ ހަމަލާދޭއިރުވެސް އެމީހާއާމެދު ފިޔަވަޅެއް އެޅިފައިނުވާތީ މަސްއޫދު ވަނީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާކަމަށް ވިދާޅުވެފަ އެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދަން ސީއެންއެމް މަސައްކަތްކުރި ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބެއް ނުދޭތީ، ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. 

7%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް