ads
ހިޔާ ފުލެޓްތައް
ހިޔާ ފްލެޓް އެއްބަސްވުން ތަކުގައި ސޮއިކުރުން މެދުކަނޑާލައިފި
ހުޅުމާލޭގައި ހިޔާ މަޝްރޫއުގެ ދަށުން ހަދާފައިވާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ

އެޗްޑީސީން މިއަދު ބުނީ އެއްބަސްވުންތަކުގައި ސޮއިކުރުން މެދުކަނޑާލާފައި ވަނީ އެ މަސައްކަތުގައި އުޅުނު އެއިދާރާގެ މުވައްޒަަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ކަމަށެވެ. މިކަމާއި ގުޅިގެން މިއަދު ހެނދުނު 10:00 ގައި ފަށަން ތާވަލުކޮށްފައިވާ އެއްބަސްވުންތަކުގައި ސޮއިކުރުން ވަނީ ކެންސަލް ކޮށްފަ އެވެ.

އެޗްޑީސީން ބުނީ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންތައްތައް އަލުން ފަށާނެ ތާރީހު އެޗްޕީއޭ އާއި އެކީ މަޝްވަރާ ކުރުމަށް ފަހު އިއުލާނު ކުރާނެ ކަމަށެވެ. އެ ކޯޕަރޭޝަނުން މިއަދު ސޮއިކުރަން ތާވަލުކޮށްފައި ވަނީ އެޗް11 ޓަވަރުން ފްލެޓް ލިބުނު މީހުންނާ އެކީ އެވެ.

ހިޔާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއި ކުރަން ފަށާފައިވަނީ މިދިޔަ ޖުލައިމަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ.

ހިޔާ ފްލެޓް ތަކުގެ ވަޒަންވެރީންގެ ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރެޓީ ލީޑަރަށް ދާދިފަހުން ވަނީ އަރުވާފައެވެ. 

ހިޔާ ޔޫނިއަން އިން އެދެނީ ޔުނިޓްތަކުގެ ކުލި 5600ރ އަށް ކުޑަކުރެވި އިންޓީރިއާ ފިނިޝިންއަށް ހޭދަވާ ގުރޭސް ޕީރިއެޑް 12 މަހަށް ހަދައިދިނުމުގެ އިތުރުން ޖުމްލަ އަގުން އިންޓީރިއާ އަށް ހޭދަވާ -/100،000ރ މައާފުކޮށް ދިނުމަށެވެ.

ހިޔާ ފްލެޓް ތަކުގެ ކުލި 5600ރ އަށް ބަދަލުކޮށް، އިންޓީރިއާ ފިނިޝިންއަށް ހޭދަވާ ގުރޭސް ޕީރިއެޑް 12 މަހަށް ހެދުމުގެ އިތުރުން ޖުމްލަ އަގުން އިންޓީރިއާ އަށް ހޭދަވާ އެއް ލައްކަ ރުފިޔާ މައާފް ކޮށްދިމަށް ދަންނަވައި 

"ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރެޓީ ލީޑަރ ޢަލީ އާޒިމް އާ ހަވާލު ކުރީ ރައީސް އޮފީހަށް ހުށަހެޅި އެ ޕެޓިޝަނާ ގުޅިގެން އެއްވެސް ކަމެއް މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެދެވޭ ހައްލުވެފައިނުވާތީ. އެހެންވެ މަޖިލީހަށް ޕެޓިޝަން މި ހުށަަހަޅަނީ ފުލެޓް ލިބުނު މީހުންގެ ކަން ބޮޑުވުންތަކަށް ހައްލެއް ލިބޭތޯ،" ހިޔާ ފްލެޓް ޔޫނިއަނުން ބުންޏެވެ.

ހިޔާ ޔޫނިއަނުން ބުނީ ފްލެޓް ލިބުނު މީހުންގެ ތެރެއިން  2177 މީހުން ސޮއި ކޮށް ރައީސް އޮފީހަށް ހުށަހެޅި ޕެޓިޝަނަށް ހުށަހަޅާފައިވަނީ ޖޫން މަހު އެއް ވަނަ ދުވަހު އެވެ. އެ ޕެޓިޝަނާ ގުޅިގެން ހިޔާ ޔޫނިއަން އިން ރަޢީސް އޮފީސް، ހައުސިން މިނިސްޓްރީ އަދި އެޗް.ޑީ.ސީ އާ އެކު ފްލެޓް ލިބުނު މީހުންގެ ކަން ބޮޑުވުންތައް ހައްލުކުރުމަށް މިދިޔަ ދެ މަސް ދުވަހު މަސައްކަތްކުރި ކަމަށާއި ނަމަވެސް އެކަމުން އެދެވޭ ނަތީޖާއެއް ނުލިބުނު ކަމަށެވެ.

ހިޔާ ޔޫނިއަންގެ އެދުމަކީ 25000 ރައްޔިތުންނާ ސީދާ ގުޅިފައިވާ ހިޔާ ފްލެޓުގެ މައްސަލަ މަޖިލިސް ތަޅުމުން ގޮތެއް ނިމުން ކަމަށާއި ސަރުކާރާއި މަޖިލިސް ގުޅިގެން ކުރެވޭ މަސައްކަތްތަކުން ހާސިލް ނުކުރެވޭނޭ އެއްވެސް ކަމެއް ހުށަހަޅާފައިނުވާނެކަމަށް ޔޫނިއަނުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް