ads
ހަމަލާދޭތަން ފެންނަ ވީޑިއޯގެ މަންޒަރެއް
މަސްއޫދަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި
ދިއެފްގެ ކުރީގެ ސީއީއޯ، މަސްއޫދު ހިލްމީއަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ލ. ފޮނަދޫގައި ދަނގަޑުބުރިއަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާކަމުގެ މައުލޫމާތު ރޭ 21:13 ހާއިރު ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.

އެ މާރާމާރީގައި 35 އަހަރުގެ މީހަކަށް އަނިޔާވެގެން އެރަށު ހެލްތު ސެންޓަރުން ފަރުވާ ހޯދައިފައިވާ ކަަމަށް ފުލުހުން ބުނެއެވެ. 

ހަމަލާ އާ ގުޅިގެން މަސްއޫދު ސީއެންއެމްއަށް ވިދާޅުވީ ރޭ 8:30 ހާއިރު ފޮނަދޫ އުތުރު ފަރާތުގެ ބޯޅަދަނޑު ކައިރިން އޭނާ އަންހެނުންނާއެކު ބުރެއް ޖަހާލަން ނިކުމެ އުޅެނިކޮށް ސައިކަލެއްގައި ފަހަތުން އައި މީހަކު އޭނާއަށް ދަނގަނޑުބުރިއަކުން ހަމަލާ ދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފަހަތުން އައި މީހާ ހަމަލާދިނުމުގެ ކުރިން މަގުމަތިން ދިމާކޮށް ހަޑިއެއްޗެހި ގޮވާހެދި ކަމަށެވެ.  

މަސްއޫދު ވިދާޅުވީ މިއީ އެމީހާ އޭނާއަށް ހަމަލާދިން ފުރަތަމަ ފަހަރު ނޫން ކަމަށާއި، މީގެ ކުރިން އޭނާގެ ކާރެއްގައި ވެސް އެމީހާ ރޯކޮށްލާފައިވާ ކަމަށެވެ. އަދި އެމައްސަލާގައި ފުލުހުން އޭނާ ހޯދި ނަމަވެސް އޭނާ ހައްޔަރުކޮށް ތަހުގީގުކޮށްފައިވާ ކަމެއް އެނގިފައިނުވާ ކަމަށް މަސްއޫދު ވިދާޅުވިއެވެ. 

އެމީހާ އަކީ އޭނާ ކުރިން ކައިރިން މަސައްކަތްތަކުގައި ގެންގުޅުނު މީހެއް ކަމަށާއި، ނަމަވެސް އެއީ އޭނާ އެހާ ދަންނަ މީހެއް ނޫން ކަމަށް މަސްއޫދު ކިޔާދިނެވެ. 

އަދި ތަކުރާރުކޮށް އިންޒާރުދީ ހަމަލާދޭއިރުވެސް އެމީހާއާމެދު ފިޔަވަޅެއް އެޅިފައިނުވާތީ މަސްއޫދު ވަނީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް