ads
ލ. ފޮނަދޫ-- ފޮޓޯ: ރަޒާން
އީދު ބަންދަށްފަހު އަނެއްކާ ވެސް ގިނަ ރަށްތަކެއް މޮނިޓަރިންއަށް
ރާއްޖޭގައި މިވަގުތު މޮނިޓަރިންގެ ހާލަތުގައި ތިބި ރަށްތަކުގެ އަދަދު އަނެއްކާ ވެސް އިތުރުވާން ފަށައިފި އެވެ.

އީދު ބަންދުގެ ކުރިން ރާއްޖޭގެ ކޮވިޑު ހާލަތު ވަރަށް ބޮޑަށް ކޮންޓްރޯލު ކުރެވި، ވަރަށް ގިނަ ރަށްތައް ވަނީ ހުޅުވާލާފައެވެ. ނަމަވެސް ބަންދަށްފަހު އަނެއްކާ ވެސް ކޮވިޑުގެ ކޭސްތައް ފެންނަން ފެށުމާއެކު މިހާރު ގިނަ ރަށް ރަށް ދަނީ އަލުން މޮނިޓަރިންއަށް ލެވެމުންނެވެ. 

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިވަގުތު ރާއްޖޭގައި 17 ރަށެއް މޮނިޓަރިންގައި އެބޮއޮތެވެ. އެއީ ޏ.ފުވައްމުލައް، ރ. ދުވާފަރު، ގއ. ކޫއްޑޫ، ށ. ފޯކައިދޫ، ގދ. ނަޑެއްލާ، ކ. ކާށިދޫ، ހދ. ކުޅުދުއްފުށި، ހއ. ދިއްދޫ، މ. ކޮޅުފުށި، ށ. ފީވަށް، ހއ. ތަކަންދޫ، ދ. ކުޑަހުވަދޫ، ގއ. ވިލިނގިލި، ރ. އުނގޫފާރު، ލ. ގަން، ލ. ފޮނަދޫ އަދި އއ. ހިމަންދޫ އެވެ. 

މޮނިޓަރިންގައި މިހާރު ތިބި ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނިޓަރިންގެ ހާލަތުގައި އޮތީ ޏ. ފުވައްމުލަކެވެ. އެ ރަށުގައި މޮނިޓަރިންގެ ހާލަތު އިއުލާން ކުރީ މޭ މަހުގެ 06 ވަނަ ދުވަހު އެވެ. 

އޮގަސްޓު މަހުގެ ފުރަތަމަ 4 ތެރޭގައި ވެސް 4 ރަށެއް ވަނީ މޮނިޓަރިންއަށް ލެވިފައެވެ. އެއީ ގއ. ވިލިނގިލި އާއި ރ. އުނގޫފާރު އަދި ލ. ފޮނަދޫ އާއި ގަމެވެ.

ރާއްޖޭގައި ކޮވިޑުގެ ކޭސްތައް އަލުން މައްޗަށް ޖެހިލި ނަމަވެސް ސަރުކާރުން ވަނީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިންގެ ދެ ޑޯޒު ދިނުމުގެ އަމާޒު ހިފާފައެވެ. ސަރުކާރުން މައުލޫމާތު ދެއްވާ ގޮތުގައި ދިވެހި ރާއްޖެއަށް ބޭނުންވާ ވަރަށް މިހާރު ވެކްސިންގެ ސްޓޮކް ވަނީ ޔަގީން ކުރެވިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް