ads
މަސްއޫދަށް ހަމަލާދިން މީހާ-
މަސްއޫދަށް ހަމަލާދިން މީހާގެ ބަންދަށް 7 ދުވަސް ޖަހައިފި
ދިއެފްއެމްގެ ކުރީގެ ސީއީީއޯ، މަސްއޫދު ހިލްމީއަށް ހަމަލާދިން މީހާގެ ބަންދަށް 7 ދުވަސް ޖަހައިފި އެވެ.

މަސްއޫދަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި ލ. ފޮނަދޫ / ދިލްކުސާގެ އަހުމަދު ޝަމީމްގެ ބަންދަށް ކޯޓުން 7 ދުވަސް ޖަހާފައިވާއިރު އޭނާ އަކީ މީގެ ކުރިންވެސް އެތައް ފަހަރަކު މަސްއޫދަށް އިންޒާރުދީފައިވާ މީހެކެވެ. 

ހަމަލާ އާ ގުޅިގެން މަސްއޫދު ސީއެންއެމްއަށް ވިދާޅުވީ ރޭ 8:30 ހާއިރު ފޮނަދޫ އުތުރު ފަރާތުގެ ބޯޅަދަނޑު ކައިރިން އޭނާ އަންހެނުންނާއެކު ބުރެއް ޖަހާލަން ނިކުމެ އުޅެނިކޮށް ސައިކަލެއްގައި ފަހަތުން އައި މީހަކު އޭނާއަށް ދަނގަނޑުބުރިއަކުން ހަމަލާ ދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފަހަތުން އައި މީހާ ހަމަލާދިނުމުގެ ކުރިން މަގުމަތިން ދިމާކޮށް ހަޑިއެއްޗެހި ގޮވާހެދި ކަމަށެވެ.  

މަސްއޫދު ވިދާޅުވީ މިއީ އެމީހާ އޭނާއަށް ހަމަލާދިން ފުރަތަމަ ފަހަރު ނޫން ކަމަށާއި، މީގެ ކުރިން އޭނާގެ ކާރެއްގައި ވެސް އެމީހާ ރޯކޮށްލާފައިވާ ކަމަށެވެ. އަދި އެމައްސަލާގައި ފުލުހުން އޭނާ ހޯދި ނަމަވެސް އޭނާ ހައްޔަރުކޮށް ތަހުގީގުކޮށްފައިވާ ކަމެއް އެނގިފައިނުވާ ކަމަށް މަސްއޫދު ވިދާޅުވިއެވެ. 

އެމީހާ އަކީ އޭނާ ކުރިން ކައިރިން މަސައްކަތްތަކުގައި ގެންގުޅުނު މީހެއް ކަމަށާއި، ނަމަވެސް އެއީ އޭނާ އެހާ ދަންނަ މީހެއް ނޫން ކަމަށް މަސްއޫދު ކިޔާދިނެވެ. 

އަދި ތަކުރާރުކޮށް އިންޒާރުދީ ހަމަލާދޭއިރުވެސް އެމީހާއާމެދު ފިޔަވަޅެއް އެޅިފައިނުވާތީ މަސްއޫދު ވަނީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް