ads
އުމަރު ނަސީރު--
ރިލްވާން މައްސަލަ ނުބަލަން ޔާމީން އަންގާފައެއްނުވޭ: އުމަރު ނަސީރު
ގެެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލަ ނުބަލަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަންގާފައިނުވާކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ވެރިކަމުގެ ހުންނެވި ހުރި ކެބިނެޓު ވައިބާ ގުރޫޕަށް ކުރި މެސެޖެއްގައި ރިލްވާންގެ މައްސަލަ ތަހުގީގުނުކުރުމަށް އެންގި ކަމަށް ބުނެ ރާއްޖޭގެ ނޫހަކުން މިއަދު ވަނީ ރިޕޯޓުކޮށްފައެވެ. ރިލްވާންގެ މައްސަލަ އާ ގުޅިގެން ރައީސް ޔާމީން ވަނީ އިއްޔެ މަރު ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. 

ރިލްވާނުގެ މައްސަލަ ނުބެލުމަށް ރައީސް ޔާމީން އެންގެވިކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން އުމަރު ނަސީރު މިއަދު ވިދާޅުވީ މި މައްސަލަ ނުބެލުމަށް ނުވަތަ ހުއްޓާލުމަށް ރައީސް ޔާމީން ދުވަހަކުވެސް ވިދާޅުވެފައިނުވާ ކަމަށެވެ. އުމަރު ވިދާޅުވީ އެ ހަބަރަކީ ވަރަށް ބޮޑަށް މާނަ އޮޅޭ ގޮތަށް އެނޫހުން ފަތުރާފައިވާ ހަބަރެއް ކަމަށެވެ.

މީގެ ކުރިން ވެސް އުމަރު ނަސީރު ވަނީ އެ މައްސަލަ ނުބެލުމަށް ޔާމީން އަންގަވާފައިނުވާ ކަމަށް ވިދާޅުވެފައެވެ. 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު 7 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި އުމަރު ވިދާޅުވީ ރައީސް ޔާމީން އެފަދައިން ވިދާޅުވާ މެސެޖެއް އަލްޖަޒީރާ ނޫހަށް ވެސް ލިބިފައިނުވާނެ ކަމަށާއި އެ ސީދާ 100 އިންސައްތަ ދޮގެެއް ކަމަށެވެ.

މަރު ކޮމިޝަނަށް ރައީސް ޔާމީން ހާޒިރުކުރެއްވުމުން އެ މަނިކުފާނު ބޭނުންކުރެއްވީ ހަނު ހުރުމުގެ ހައްގު އެވެ. ތަހުގީގަށް އެއްވެސް މައުލޫމާތެއް ނުދެއްވަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް