ads
އަނިޔާކޮށް މީހަކު އެއްލާލި މައްސަލައިގައި ހަތަރު މީހުން ހައްޔަރުކޮށްފި
އައްޑޫ ސިޓީ ހުޅުދޫގައި އަނިޔާކޮށް މީހަކު އެއްލާލާފައި އޮތް މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
އައްޑޫ ސިޓީ ހުޅުދޫގައި އަނިޔާކޮށް މީހަކު އެއްލާލާފައި އޮތް މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ހުޅުދޫ ފްލެޓު ސަރަހައްދުގައި ޒަހަމްތަކަކާއެކު މީހަކު އެއްލާލާފައި އޮތް ކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައި ވަނީ އިއްޔެ ރޭ 7:00 ހާއިރެވެ.

އެގޮތުން އޭނާގެ ހަށިގަނޑުން އަނިޔާގެ ނިޝާންތައް ވެސް ފެންނަން ހުރި ކަމަށް ފުލުހުން ބުނެއެވެ.

ރޭ އެމައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހަތަރު ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ 22 އަހަރާއި 23 އަދި 24 އަހަރުގެ ފިރިހެނެއްގެ އިތުރުން 26 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ މައްސަލަ ތަހުގީގުކުރަމުންދާތީ އެކަމުގެ ތަފްސީލެއް ފުލުހުން ނުދެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް