ads
ދާންދޫ އިން ކޮވިޑްގެ ބަލިމީހުން މީހުން ގެންދާ މަންޒަރެއް
ވެކްސިން ޖެހުމުގެ އެންމެ ފުލުގައި ދާންދޫ
ވެކްސިން ޖެހުމުގެ އެންމެ ފުލުގައި އޮތީ ގއ. ދާންދޫ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދާންދޫއިން ދެޑޯޒު ފުރިހަމަކޮށްފައިވާ ކަމަށް ދައްކަނީ އެންމެ ނުވަ އިންސައްތަ މީހުންނެވެ. 

ދާންދޫ ސިއްހީ މަރުކަޒުން ވެކްސިން ޖެހުމުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ވިދާޅުވީ އެގޮތަށް ދިމާވެފައިވަނީ ދެކަމަކާ ގުޅިގެން ކަމަށެވެ. އޭނާ ވިދާޅުވީ މޭމަހުގެ ކުރީކޮޅުން ފެށިގެން ޖުލައި މަހުގެ ހަތް ވަނަ ދުވަހާ ޖެހެންދެން އެރަށުގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުން ހިމެނޭ ކަމަށެވެ. އަދި ވެކްސިން ޖެހުމަށް ފަހު ޝީޓުތައް އަޕްޑޭޓް ކުރެވިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިއްހީ މަރުކަޒުން ބުނީ މިހާރު ފުރަތަމަ ޑޯޒުނުދެވި ވާނީ އެންމެ ދިހަ އިންސައްތަ މީހުންނަށް ކަމަށެވެ. އަދި ދެވަނަ ޑޯޒުވެސް ވެކްސިން ޖަހަންޖެހޭ 700 އެއްހާ މީހުންގެ ތެރެއިން 500 މީހުންނަށް ޖަހާފައިވާ ކަމަށެވެ. 

ކޮވިޑުން ސަލާމަތް ވުމަށްޓަކައި މިހާރު އެންމެ ބޮޑަށް ކުރެވޭ މަސައްކަތަކީ ވެކްސިންގެ ދެޑޯޒު ފުރިހަމަ ކުރުމުގެ މަސައްކަތެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް