ads
އައްޒަ-- ފޮޓޯ: ސޯޝަލް މީޑިއާ
އައްޒައަށް ހަގީގީ ދިރިއުޅުމުގެ އަސްލު މާނަ އެނގިއްޖެ
ދިވެހި ފިލްމީ ތަރިންގެ ތެރެއިން މަރިޔަމް އައްޒައަކީ ފިލްމީ އުދަރެހުގެ އެންމެ ކުރީގައި ގުނާލެވޭ ތަރިއެކެވެ. ފިލްމީ ތަރި މުއާޒް އާ ކައިވެނިކޮށްގެން އުޅޭ އައްޒަ މިހާރު އަންނަނީ މުއާގެ އުފަން ރަށް ވެލިދޫގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ވެލިދޫގައި ގިނަ ބައެއްގެ ސަމާލުކަން ހޯދީ މުއާ މަސް ކަނޑާ ފޮޓޯތަކަކުންނެވެ. މުއާއަށް ފަހު އައްޒަ ވެސް މިވަނީ މަސްކެނޑުމުގެ ހުނަރު ދައްކާލައި ފޭނުންނަށް ހިއްސާކޮށްފައެވެ.

މަސް ކަނޑަން އިން ފޮޓޯއެއް ހިއްސާކޮށް، އައްޒަ ބުނީ އޭނާއަށް "ހަގީގީ ދިރިއުޅުމުގެ އަސްލު މާނަ" އެނގިއްޖެ ކަމަށެވެ. 

މަސް ކެނޑުމަކީ ޒަމާނުއްސުރެ ފިރިހެނުންނަށް ހާއްސަ ކަމަކަށް ވާތީ ގިނަ ބަޔަކު ވަނީ އައްޒަ އަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ.

އައްޒަގެ ޕޯސްޓަށް މުއާ ބުނީ ކެރުންތެރިކަމަކީ ނިއުމަތެއް ކަމަށެވެ. އަދި އައްޒައަކީ ފިސާރި ކަނބަލެއްގެ ގޮތުގައި މުއާ ވަނީ ސިފަ ކޮށްފައެވެ.

މުއާ އާއި އައްޒަގެ ކައިވެންޏަށް އަހަރު ފުރުމާ ގުޅިގެން ވެސް މުއާ ވަނީ އައްޒައަކީ އޭނާއަށް ލިބުނު ނިއުމަތެއް ކަމަށް ބުނެފައެވެ. 

އައްޒަ އާއި މުއާ މީގެ ކުރިން ވަނީ އިތުރު ކައިވެންޏެއް ކޮށްފައެވެ. އަދި އެ ކައިވެންޏަށް ދެ ތަރިންނަށް ވެސް ކުއްޖަކު ލިބިފައިވެ އެވެ. އެގޮތުން އައްޒަ އާއި އެކްޓަރު އަދި ކޮރިއޯގްރެފާ، އިސްމާއިލް ޖުމައިހް (ޖުމާ) ގެ ކައިވެންޏަށް ފިރިހެން ކުއްޖަކު ލިބިފައިވާއިރު މުއާ ކުރިން ކައިވެނި ކުރީ ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނެޖިން ޑިރެކްޓަރު ޝާޔަން ޝާހިދާ އެވެ. އެ ކައިވެންޏަށް ވަނީ އަންހެން ދަރިއަކު ލިބިފަ އެވެ. ދެ މީހުންގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެ ކުދިން ވެސް ވަރަށް އެކުގައި އުޅޭ މަންޒަރު މި ތަރިންގެ އިންސްޓަގްރާމު ސްޓޯރީ އިން ފެނެ އެވެ.  

52%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
26%
ވަރަށް ސަލާމް
ކޮމެންޓްސް