ads
އަބްދުالله ޖާބިރު ކިނބިގަސްދޮށުގޭ ކައިރީގައި ފޮޓޯ:-- ސޯޝަލް މީޑިއާ
ކިނބިގަސްދޮށުގެއަށް ޖާބިރު ގެއްލުންދިން މައްސަލަ ފުލުހުން ބަލަނީ
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގެކޮޅު، މ. ކިނބިގަސްދޮށުގެ އަށް ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރު ގެއްލުން ދެއްވި ކަމަށް ބުނާ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރު ކިނބިގަސްދޮށުގެ ސަރަހައްދުގައި އިހުތިޖާޖު ކުރެއްވީ ރައީސް މައުމޫން ފަހުން ދައްކަވާ ގޮތަށް ޖާބިރު އަތުން ނެގިކަމަށް އޭނާ ބުނާ ފައިސާ އަނބުރާ ދެއްކުމަށް ގޮވާލާއެވެ. ޖާބިރު ވިދާޅުވީ އޭނާ އެތަނަށް ވަޑައިގަތީ އެގެއާ ހަވާލުވެވަޑައިގަތުމަށް ކަމަށެވެ.

ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ޖާބިރު ވަނީ ކިނބިގަސްދޮށުގޭ ބޭރު ފާރުގައި ހުރި ވެޔޮތަކެއް ނޮޅައި، އެގޭ ނަން ފެންނަ ގޮތަށް ހަދާފައެވެ. އަދި ޖާބިރު ވަނީ އެތަނުގައި ހުންނަވާ ބަޔާނެއް ދެއްވާފައެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ސީއެންއެމް"އަށް ވިދާޅުވީ ކިނބިގަސްދޮށުގޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުން ދިން މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައެވެ. 

ފުލުހުން ވިދާޅުވީ މި މައްސަލަ އާ ގުޅިގެން ފުލުހުން ބަލަމުން އަންނަ ކަން ކަން ބަލަމުން އަންނަ ކަމަށެވެ. 

ޖާބިރު އަތުން ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާގެ މައްސަލާގައި ރައީސް މައުމޫނާއި ދެކޮޅަށް ޖާބިރު ވަނީ ސިވިލް ކޯޓުގައި ދައުވާ ވެސް ކުރައްވާފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް