ads
އިންޑިއާ ހަދަމުންދާ އަސްކަރީ ބޭސްގެ ސެޓްލައިޓް ފޮޓޯތަކެއް=--
މޮރިޝަސްގައި އަސްކަރީ ބޭސް އަޅާ ކުންފުނިން ރާއްޖޭގައި ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގަނީ
މޮރިޝަސްގެ ރަށެއް ކަމަށްވާ އަގަލެގާގައި އިންޑިއާއިން ސިއްރު އަސްކަރީ މަރުކަޒެއް ހަދަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނިން ރާއްޖޭގައި ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މޮރިޝަސްގެ ރަށެއް ކަމަށްވާ އަގަލެގާގައި ސިއްރުން އިންޑިއާގެ އަސްކަރީ މަރުކަޒެއް ހަދަމުންދާކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާއިރު މާލެއާއި ތިލަފުށި ގުޅަލާ ބްރިޖު ހެދުމުގެ މަޝްރޫއުވެސް ހަވާލުކުރަން ހަމަޖެހިފައިވަނީ މިކުންފުންޏަށް ކަން "ސީއެންއެމް"އަށް އެނގިފައިވެއެވެ. 

އޭގެ އިތުރުން މިހާރު އައްޑޫ ސިޓީގައި ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންދަނީ މި ކުންފުނިންނެވެ.

އިންޑިއާ ސަރުކާރާއި މޮރިޝަސް ސަރުކާރާ ދެމެދު 2015 ވަނަ އަހަރު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އެ ގައުމުގެ އެހެން ރަށްތަކާ ދުރުގައި އޮންނަ އަގަލެގާ އާ އެހެން ސަރަހައްދުތަކާ އޮންނަ ގުޅުން ރަނގަޅު ކުރުމަށްޓަކައި އެ ރަށަށް އާ އުމްރާނީ ވަސީލަތްތައް ތައާރަފްކުރާނެ އެވެ. އަދި މިހާރު ހުރި ވަސީލަތްތައް ހަރުދަނާ ކުރުމަށް ވެސ އެ އެއްބަސްވުމުގައިވާ ކަމަށް ވެ އެވެ.

އަސްކަރީ ބޭނުމަކަށް އެރަށް ތަރައްގީ ނުކުރާނެކަމަށް މޮރީޝަސް ސަރުކާރުން ބުނި ނަމަވެސް، އަސްކަރީ ތަޖުރިބާ ހުރި ފަރާތްތަކާ ހަވާލާދީ އަލް ޖަޒީރާ އިން ރިޕޯޓްކުރާ ގޮތުގައި، އަސްކަރީ ބޭނުމަކަށް ނޫނީ އެ ސަރަހަައްދުގައި އެހާ ބޮޑު ހަރަދެއް ކޮށްގެން އެހާ ބޮޑު މަޝްރޫއެއް ނުހިންގާނެ އެވެ.

އެ ރަށުގައި ބޮޑު ދެ ބަނދަރު ހެދުމުގެ މަޝްރޫއު ކުރިއަށް ދާއިރު ދުނިޔޭގެ ފެންވަރުގެ ދިގު، ތިން ކިލޯމީޓަރުގެ ރަންވޭއެއް ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާކަމަށް އަލް ޖަޒީރާއިން ރިޕޯޓް ކުރެ އެވެ.

މި މަސައްކަތް ކުރުމަށް ފާއިތުވި ދެއަހަރު ތެރޭގައި އިންޑިއާއިން ގެނައި އެތައް ސަތޭކަ ބަޔަކު އަގަލެގާގައި އުޅޭ ކަމަށް އަލްޖަޒީރާއިން ބުނެއެވެ. އިންޑިއާއިން މޮރީޝަސްގައި އަސްކަރީ ބޭސްއެއް ހަދަނީ ޗައިނާގެ މައްޗަށް އިންޑިއާ ކަނޑުގެ ނުފޫޒު މިހާރަށްވުރެ ވަރުގަދަ ކުރު ކަމަށް އަލްޖަޒީރާއިން ބުނެއެވެ.

އަގަލޭގާގައި ދިރިއުޅޭ ބައެއް ރައްޔިތުން ވަނީ އެ މަޝްރޫއުގެ ގުޅޭ ގޮތުން ސުވާލު އުފައްދައި އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަލްޖަޒީރާއިން މިފަދަ ރިޕޯޓެއް ފެންމަތިކޮށްފައި މިވަނީ އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒް ފޯރުވައި އަސްކަރީ ބޭސްއެއް ހެދުމަށް މަސައްކަތް ކުރާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުންފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުންފާޅުކުރަމުންދިޔަ ނަމަވެސް ރައީސް ސޯލިހު ވިދާޅުވެފައިވަނީ މިނިވަންކަމަށް ގެއްލުންހުރި އެއްވެސް ކަމެއް އެމަނިކުފާނުގެ ސަރުކާރުން ނުކުރާނެކަމަށެވެ. އަދި ބޭރު ގައުމެއްގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ނުހަދާނެކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް