ads
އައްޑޫ ސިޓީ ހިތަދޫ---
މިސްކިތެއްގައި ހުރި ދޮށީ އުމުރު މީހަކަށް ހަމަލާދިން މައްސަލައެއް ބަލަނީ
އައްޑޫ ސިޓީ ހިތަދޫގެ މިސްކިތެއްގައި ހުރި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން މައްސަލައެއް ފުލުހުން ބަލަން ފަށައިިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދީފައިވަނީ ހިތަދޫ މަސްޖިދުލް އިކްރާމް ގައި ނިދާ ހަދަމުން އަންނަ އުމުރުން ދުވަސްވީ މީހެކަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސީއެންއެމް"އަށް ވިދާޅުވީ ހިތަދޫ މިސްކިތެއްގައި ހުރި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން މައްސަލައެއް ރޭ 19:13 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލަ އާ ގުޅިގެން މިހާތަނަށް ފުލުހުން އެއްވެސް މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ.

ފުލުހުން ބުނީ މިހާރު އަންނަނީ މި މައްސަލަ ތަހުގީގުކުރަމުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް