ads
ފޮޓޯ: ޕީޕީއެމް
ޔާމީންގެ ބަޔާން ލީކުކޮށްލުމުން ޕީޕީއެމްގެ ފާޑުކިޔުން ޕީޖީއާއި ފުލުހުންނަށް
ފުއްގިރި މައްސަލައިގެ ތަހުގީގަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދިން ތަހުގީގު ބަޔާން ލީކުވި މައްސަލައާ ގުޅިގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ފުލުހުންނަށް ފާޑުކިޔައިފިއެވެ.

ރައީސް ޔާމީން ތަހުގީގަށް ދިން ބަޔާނުގައި ބުނާ ވާހަކަތައް ކަމަށް ބުނާ ވާހަކަތަކެއް ހިމެނޭހެން އޮންލައިން ނޫހެއްގައި ވަނީ ހަބަރެއް ޝާއިއުކޮށްފައެވެ.

ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނީ އެ ނޫހުގައި ރައީސް ޔާމީން އާ ގުޅޭ ގޮތުން ޝާއިއުކޮށްފައިވާ ހަބަރުގައި ކަންބޮޑުވާ ވާހަކަތަކެއްހުރިކަމަށާއި އެ ހަބަރަކީ ކަމުގެ ހަގީގަތް އޮޅުވާލާ ޝަރީޢަތަށް ނޫފުޒު ފޯރުވުމުގެ ގޮތުން ހިންގާފައިވާ ޖަރީމާއެއެއް ކަމަށެވެ.  

އެ ހަބަރު ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޕީޕީއެމްއިން ނެރުނު ބަޔާނުގައި ބުނީ އެ ހަބަރުގައި އެމަނިކުފާނުގެ ވަކީލުންގެ ފަރާތްޕުޅުން ކޯޓުގައި ދާއްކަވާފައިވާ ވާހަކަ ތަކެއްގެ އިތުރުން، އެމަނިކުފާނުގެ ފަރާތްޕުޅުން ތަޙުޤީޤީ އިދާރާއަކަށް ދެއްވާފައިވާ ކަމަށް ބުނާ ޞައްޙަކަން ކަށަވަރު ނުވާ އެތައް މަޢުލޫމާތެއް ހުރި ކަމަށާއި ކޯޓެއްގައި ހިނގަމުން ދާ މައްސަލައަކާ ގުޅިގެން، ތަޙުޤީޤީ އިދާރާއަކަށް ޢާންމު ފަރުދަކު ދީފައިވާ މަޢުލޫމާތުތަކެއް ނޫހެއްގައި ޝާއިޢުކޮށް ހެދުމަކީ ޝަރީޢަތަށް ސީދާ ގޮތުން ނުފޫޒު ފޯރުވުމުގެ ޢަމަލެއްކަމުގައި ދެކޭ ކަމަށެވެ.

ޕީޕީއެމް އިން ވަނީ މިކަން ޖިނާއީ ކުށެއްގެ ގޮތުގައި ސިފަކޮށް، އެ ޚަބަރު ލިޔެފައިވާ ނޫހުގެ އެޑިޓަރު އަދި މަސްއޫލުވެރިންނާއި މެދު ފިޔަވަޅު އެޅުމަށާއި އެ ބަޔާނެއް ނުވަތަ އެ ބަޔާނެއްގައި ވާ ވާހަކަތަކެއް އެ ނޫހަކަށް ލިބިފައިވާ ގޮތެއްވެސް ހޯދުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައެވެ. 

މީގެ އިތުރުން އެ ޚަބަރު ކިޔާލުމުން އެޚަބަރުގައި ވާ މައުލޫމާތުތަކުން ކުށެއް ނެތް މައުސޫމް ބޭފުޅަކު ރައްޔިތުންގެ ކުރިމަތީ ބަދުނާމު ކުރުމަށް ފުލުހުންގެ އިދާރާ ގުޅިގެން ހިންގާފައިވާ ޖަރީމާއެއްކަމަށްވެސް ބެލުމުގެ ޖާގަ އޮތްކަމަށް
މަސައްކަތް ކޮށްފައިވާކަމަށް ބެލެވޭތީ، މިކަމަކީ ސަރުކާރާއި ޕްރޮސެކިއުޓަރ ޖެނެރަލް އާއި ފެންނާތީ، އެކަންވެސް ސަރުކާރުގެ ނުފޫޒުތަކުން އެކަހެރިވެފައިވާ ދައުލަތުގެ މިނިވަން މުއައްސަސާއަކުން ބަލާފިޔަވަޅު އެޅުމަށް ޕީޕީއެމް ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް