ads
ފޮޓޯ: އިމިގްރޭޝަން--
އިމިގްރޭޝަންގެ ހުރިހާ ބޯޑާ އޮފިސަރުން ވެކްސިން ފުރިހަމަކޮށްފި
ދިވެހި ރާއްޖޭގެ އިމިގްރޭޝަންގެ ހުރިހާ ބޯޑަރު އޮފިސަރުން ވެކްސިން ފުރިހަމަ ކޮށްފި އެވެ.

އިމިގްރޭޝަނުން ބުނީ ބޯޑަރު އޮފިސަރުންގެ ގޮތުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް މިހާރު ކޮވިޑް19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒުދެވިފައިވާ ކަމަށާއި މިއީ ރާއްޖެ ޒިޔާރަތް ކުރާ މިހުންނަށާއި ދިވެހިންނަށް ވެސް ލިބިގެންދާނެ ބޮޑު ރައްކާތެރިކަމެއް ކަމަށެވެ. 

މިކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި އިމިގްރޭޝަންގެ ކޮންޓްރޯލާ މަހުއްމަދު އަހުމަދު (ހަނަފީ) ވިދާޅުވީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ހުރިހާ ބޯޑާ އޮފިސަރުންނަށް ވެކްސިން ޖެހިގެންދިއުން އެއީ ފަހުރުވެރިވާ ލަނޑުދަނޑިއެއް ކަމަށާއި މިކަމުގެ ސަބަބުން އެތައް ހާސް ފަސިންޖަރުންނަށް ރައްކާތެރިކަން ލިބިގެންދާނެ ކަމަށެވެ. 

ކޮވިޑް19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ރާއްޖޭގެ އާބާދީއަށް ބޭނުންވާ ވަރަށް ވަނީ ލިބިފައެވެ. މިއާއެކު ސަރުކާރުން ވަނީ އާބާދީގެ ވީހާވެސް ގިނަ ބަޔަކު ވެކްސިން ޖެހުމަށް ބާރުއެޅުމުގެ ގޮތުން #އެކުގައިއެންމެން ގެ ނަމުގައި ކެމްޕެއިނެއް ވެސް ފަށާފައެވެ. 

ރާއްޖޭގައި މިވަގުތު ކޮވިޑް19 އިން ރައްކާތެރިވުމަށް ޖަހަމުންދަނީ ސިނޮފާމް، އެސްޓްރާޒެނަކާ، އަދި ފައިޒާ ވެކްސިން އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް