ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ސަރުކާރުންވެސް އެމްޑީޕީން ދެކޭ ގޮތާމެދު ވިސްނާނެ: ރައީސް ނަޝީދު
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ) އިން ކަންކަމުގައި ދެކޭ ގޮތާމެދު، ދިވެހި ސަރުކާރުން ވެސް ވިސްނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ތައްޔާރު ކުރި އިންކުއަރީ ރިޕޯޓުން ފާހަގަވި ކަންކަން ރަނގަޅުކޮށް ސަމާލަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަން ކަށަވަރު ކުރުމަކާނުލާ ނަޝީދު އެނބުރި ރާއްޖެ އަންނާކަށް ނޭދޭކަމަށާއި އެކަމާ ނުރުހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ޗެއާޕާސަން ދެކެވަޑައިގަންނަވާ ގޮތް އެއީ އަބަދުވެސް އެމަނިކުފާނު ވިސްނަވާނެ ކަމެއް ކަމަށެވެ. ހަމައެފަދައިން އެމްޑީޕީން ދެކޭ ގޮތާމެދު ސަރުކާރުން ވެސް ވިސްނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީ ކޯލިޝަން ސަރުކާރާ ރައީސް ނަޝީދު އާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާއިރު، ސަރުކާރަށް ތާއީދުނުކުރައްވާ ކަން ރައީސް ނަޝީދު ވަނީ ފާޅުކަން ބޮޑުގޮތެެއްގައި ހާމަކުރައްވާފައެވެ. 

ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއިދުކުރައްވާ ފަރާތްތަކުން ތުހުމަތު ކުރައްވާ ގޮތުގައި ރައީސް ނަޝީދަށް ދިން  ހަމަލާއާ ގުޅިގެން މިސަރުކާރުން އެކަމަށް އެދެވޭ ފިޔަވަޅު އަޅަމުން އަންނަ ތަނެއް ނުފެނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް