ads
ކޮވިޑް ޕީސީއާރު ޓެސްޓު ހެދުމަށް ސާމްޕަލް ނަގަނީ- ފޮޓޯ: ސީއެންއެމް
ވެކްސިން ނުޖަހާ ފަރާތްތަކުން ރިލީޒް ސާމްޕަލަށް ފައިސާ ދައްކަންޖެހޭ ގޮތަށް ހަދައިފި
އަންނަ ސެޕްޓަމްބަރުގެ ފަހުން ވެކްސިން ނުޖަހާ ފަރާތްތަކުން ރިލީޒް ސާމްޕަލަށް ފައިސާ ދައްކަންޖެހޭ ގޮތަށް ހަދައިފި އެވެ.

ސެޕްޓެމްބަރުން ފެށިގެން އަންނަ ބައެއް ބަދަލުތައް ހާމަކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ، 1 ސެޕްޓެމްބަރުން ފެށިގެން ވެކްސިން ޖެހުމަށް ޝަރުތު ހަމަވެ، އެހެންނަމަވެސް ވެކްސިން ނުޖަހާ މީހުންނަށް ކަރަންޓީން ވުމަށްފަހު ނަގާ ރިލީޒް ސާމްޕަލް އަށް ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. 

ވެކްސިން ނުޖަހާ ފަރާތްތަކުން އެރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ސަބަބުން ކަރަންޓީން ކޮށް ނަގާ ރިލީޒް ސާމްޕަލަށް އެބޭފުޅުން އަމިއްލަ ހަރަދުގައި ނަގަންޖެހޭ ގޮތައް މިވަނީ ހަމަޖެހިފަ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ ކުރިން ކަރަންޓީން ރިލީޒް ސާމްޕަލްތަކަށް ފައިސާއެއް ދައްކާކަށް ނުޖެހެއެވެ. މިފަހުން ދިން ބޮޑެތި ލުއިތަކުގެ ތެރޭގައި ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ރަށްރަށަށް ކަރަންޓީން ވުމަކާއި ނުލާ ދަތުރުކުރެވޭގޮތައް ވަނީ ހުއްދަދީފައެވެެ. އެހެންނަމަވެސް ވެކްސިން ނުޖަހާ މީހުން އަދިވެސް ދަތުރުކުރާނަމަ ކަރަންޓީން ވާން ޖެހެއެވެ. 

އެގޮތަށް ކަރަންޓީން ކުރަނީ 14 ދުވަހުގެ މުއްދަތަކަށެވެ. އަދި އެއަށްފަހު ކަރަންޓީން އިން ދޫކޮށްލުމަށް ރިލީޒް ސާމްޕަލެއް ނެގިނަމަވެސް އެޔަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހެއެވެ. 

މިއަދު މިގެނައި ބަދަލާއިއެކު ސެޕްޓެމްބަރު 1 ފެށިގެން ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ވެކްސިން ޖަހާފައި ނުވާނަމަ ރިލީޒް ސާމްޕަލްގެ ހަރަދު ދައްކަން ޖެެހޭނީ އެމީހަކު އަމިއްލައަށެވެ. ދައްކަން ޖެހޭނީ ކިހާ އަދަދެއް ކަމެއް އެޗްއީއޯސީން އަދި ހާމަކޮށްފައެއް ނުވެއެވެ.

80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް