ads
ބެލް ބޮޓަމްގެ ޕޯސްޓަރެއްގައި އަކްޝޭ…
އަކްޝޭގެ “ބެލް ބޮޓަމް” ގެ ޓްރެއިލާ އަށް ތަރުހީބު އޮހެނީ!
ވަރުގަދަ ކާސްޓެއް ހިމަނައިގެން، ރަންޖީތު ތިވާރީ ޑައިރެކްޓްކޮށްފައިވާ ފިލްމު “ބެލް ބޮޓަމް” ގެ ޓްރެއިލާ އާންމު ކުރުމާއެކު ބެލުންތެރިންގެ ބޮޑު ތަރުހީބު އޮހެން ފަށައިފި އެވެ.

އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާނެ އެ ފިލްމުގެ ޓްރެއިލާ ރިލީޒްކުރިތާ ތިން ދުވަސް ތެރޭ 37 މިލިއަނަށް ވުރެއް ގިނަ މީހުން ޔޫޓިއުބް މެދުވެރިކޮށް އެކަނިވެސް ޓްރެއިލާ ވަނީ ބަލާފަ އެވެ.

ޝައުގުވެރި މަންޒަރުތަކެއް ޓްރެއިލާ އިން ފެނިގެންދާއިރު ގިނަ ބަޔަކު އަންނަނީ އެ ޓްރެއިލާ ސޯޝަލް މީޑިއާގެ އެކި އެކި ޕްލެޓްފޯމްތަކުގައި ވެސް ޝެއާ ކުރަމުންނެވެ.


މި ހިނގާ އޯގަސްޓު މަހުގެ 19 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ “ބެލް ބޮޓަމް” އަކީ ސްޕައި ޓްރިލާއެކެވެ.

ފިލްމުގައި ބިނާކޮށްފައިވަނީ 1984 ވަނަ އަހަރު އިންޑިއާގެ ސިޔާސީ މައިދާނުގައި ހިންގާފައިވާ ކަންތައްތަކެއްގެ މައްޗަށް ކަމަށް ހަބަރުތަކުން ބުނާއިރު ކުރީގެ ބޮޑު ވަޒީރު އިންދިރާ ގާންދީ އަވަހާރަކޮށްލި އަހަރުގެ ހާދިސާތަކަށް ކުޅެފައިވާ މަންޒަރުތައް ފިލްމުން ދައްކުވައިދޭނެ ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

މި އަހަރު ރިލީޒްކުރާ އަކްޝޭގެ ފުރަތަމަ ފިލްމަށް “ބެލް ބޮޓަމް” ވާއިރު ފިލްމުން އަކްޝޭއާ އެކު އާދިލް ހުސައިން އާއި ލާރާ ދައްތާ އަދި ވާނީ ކަޕޫރުގެ އިތުރުންހުމާ ގްރޭޝީ ވެސް ފެނިގެންދާނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް