ads
ކްރިޝްނާ ބަހާދުރު މަހާރާ--
ރޭޕުގެ ތުހުމަތުގައި ނޭޕާލުގެ ސިޔާސީ ވެރިޔަކު ހައްޔަރުކޮށްފި
ރޭޕުގެ ތުހުމަތުގައި ނޭޕާލުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި ކްރިޝްނާ ބަހާދުރު މަހާރާ ހައްޔަރުކޮށްފި
ރޭޕުގެ ތުހުމަތުގައި ނޭޕާލުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި ކްރިޝްނާ ބަހާދުރު މަހާރާ ހައްޔަރުކޮށްފި އެވެ.

ނޭޕާލުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމުން ކްރިޝްނާ ބަހާދުރު އިސްތިއުފާ ދީފައިވަނީ އޭނާގެ މައްޗަށް ރޭޕުގެ ތުހުމަތު ކުރުމާއި ގުޅިގެން އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކަތަމަންޑޫގެ ކޯޓަކުން އެ މައްސަލާގައި ނެރުނު އަމުރަކާއި ގުޅިގެންނެވެ.

ކްރިޝްނާ ބަހާދުރުގެ މައްޗަށް ރޭޕުގެ ތުހުމަތުކޮށްފައި ވަނީ ގާނޫނު ހަދާ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އޭނާ ބައެއް ނޫސްތަކަށް ބުނެފައިވާ ގޮތުގައި ކްރިޝްނާ ބަހާދުރު އެ އަމަލު ހިންގާފައި ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ކްރިޝްނާ ބަހާދުރުގެ މައްޗަށް އެ ތުހުމަތު ކުރި މީހާ ބުނި ގޮތުގައި އޭނާ އެ އަމަލު ހިންގާފައި ވަނީ މަސްތުގެ ހާލަތުގައި ހުރެގެންނެވެ.

ކްރިޝްނާ ބަހާދުރަކީ މާއޮއިސްޓެކެވެ. އޭނާ ވަނީ ނޭޕާލުގެ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި އިސް ދައުރެއް އަދާ ކުރައްވާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް