ads
ރިތިކް އާއި އޭނާގެ ކުރީގެ އަންހެނުން--
ކުރީގެ އަންހެނުންނާއެކު ރިތިކް މޫވީ ޑޭޓަކަށް!
ބޮލީވުޑުގެ މަޝްހޫރު ބަތަލު ރިތިކް ރޯޝަން އާއި އޭނާގެ ކުރީގެ އަންހެނުން ސުޒޭން ހާންގެ ކައިވެނި ރޫޅުނީ 2014 ވަނަ އަހަރެވެ. ކައިވެނި ރޫޅުނުއިރު އެމީހުންނަށް ދެ ފިރިހެން ދަރިން ލިބިފައިވާއިރު ވަކިވި ނަމަވެސް ދެ ކުދިންގެ ކަންކަން ދެމީހުން އަންނަނީ އެކުގައި ބަލަހައްޓަމުންނެވެ. ވަކިވި ފަހުން ވެސް އެމީހުން އެކުގައި ފެނިގެންދާއިރު ކުދިންނާއެކު ޗުއްޓީ ދަތުރުތައް ވެސް ދެމީހުން އެކުގައި ގޮސް ހަދައެވެ.

އަނެއްކާ ވެސް ދެމީހުން އެކުގައި މޫވީ ޑޭޓަކަށް ދިޔަ މަންޒަރު ފެނި ގިނަ ބައެއްގެ ސަމާލުކަން އެދެމީހުންނަށް މިވަނީ ލިބިފައެވެ. އާންމުވެފައިވާ ފޮޓޯތަކަށް ބަލާނަމަ އެމީހުންނާއެކު އެމީހުންގެ ދަރިން ފެންނާކަށް ނެތެވެ. ބެލެވޭ ގޮތުގައި މި ފިލްމަށް ދިޔައީ ދެ މީހުން އެކަންޏެވެ.

ކެމެރާތައް ފެނުމުން ވެސް ދެމީހުން ވަކި ކަމެއް ސިއްރުކުރަން އުޅުން ހެން އުޅެފައެއް ނުވެއެވެ. ބައެއް ފަހަރަށް އެގޮތަށް ލޯބިވެރިންނާއެކު ގޮސް އުޅޭއިރު ބައެއް ތަރިން ކެމެރާތަކަށް ނާރަން ފިލަން ވެސް މަސައްކަތް ކުރެއެވެ.

ވަރިވުމަށް ފަހު ވެސް އެކަކު އަނެކަކަށް ލިބޭ އުފަލާއި ހިތާމަތަކުގައި ދެ މީހުން ވެސް ބައިވެރިވަމުން އަންނައިރު އެމީހުންގެ އާއިލާ އެދޭ އެދުމަކީ ދެމީހުން ގުޅުމެވެ. އެގޮތުން ސުޒޭންގެ ބައްޕަ ވެސް ވަނީ ރިތިކްއާ އޭނާގެ ދަރިފުޅު ގުޅޭ މަންޒަރު ދެކެން ބޭނުންވާ ކަމަށް ބުނެފައެވެ.

ރިތިކް އާއި ސުޒޭން 13 އަހަރު އެކުގައި އުޅުމަށް ފަހު ވަކިވީ ކަންގަނާ ރަނައުތާއި ރިތިކްއާ މެދުގައި ގުޅުމެއް އޮތުމުގެ ސަބަބުން ކަމަށް އަޑުތައް އެރި ނަމަވެސް އެއީ ދޮގެއް ކަމަށް ރިތިކް ބުނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް