ads
މާލެ މަގުމަތި- ފޮޓޯ: ސޯޝަލްމީޑިއާ
ބަރަހަނާ ހާލުގައި މާލޭ މަގުމަތީގައި އުޅުނު މީހެއްގެ މައްސަލަ ބަލަނީ
ބަރަހަނާ ހާލުގައި މާލެ މަގުމަތީގައި އުޅުނު މީހެއް މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ މިއަދު 11:01 ހާއިރު މާލެ މަގުމަތީގައި ބަރަހަނާ ހާލުގައި ފިރިހެނަކު އުޅޭ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާއި ގުޅިގެން އެ ސަރަހައްދަށް ފުލުހުންގެ ޓީމެއް ދިއުމުން އޭނާ ވަނީ ގެއަށް ވަދެފައެވެ. 

ފުލުހުން ވިދާޅުވީ މިކަމާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އަދި މައްސަލައިގެ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެފައެވެ. 

މިފަހަކަށް އައިސް ދޭތެރެއަކުން މާލެ މަގުމަތިން ބަރަހަނާ ހާލުގައި ތިބޭ މީހުން އުޅޭ މައްސަލަތައް ފެންމަތިވެއެވެ. އެގޮތުން މިދިޔަ ޖުލައި މަހުގެ ކުރީ ކޮޅުވެސް ފުލުހުން ވަނީ މާލެ މަގުމަތިން ބަރަހަނާ ހާލުގައި ހުރި ފިރިހެނަކު ހައްޔަރުކޮށްފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް