ads
“މަރްޖާވާން” ލަވައިގެ ޕޯސްޓަރެއް…
އަކްޝޭ އާއީ ވާނީގެ “މަރްޖާވާން” ބަލައިފިންތަ؟
އަކްޝޭ ކުމާރާއެކު ވާނީ ކަޕޫރު ލީޑު ރޯލުން ފެނިގެންދާނެ ފިލްމު “ބެލް ބޮޓަމް” ގެ ޓައިޓަލް ލަވަ “މަރްޖާވާން” އާންމުކޮށްފިއެވެ.

އެ ލަވަ މިހާރު ވަނީ ޔޫޓިއުބްގައި އާންމު ކޮށްފައެވެ. ލަވަ ރިލީޒްކުރިތާ މާ ގިނަ އިރެއް ނުވަނީސް ލަވަ އަށް އަންނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެގޮތުން އެއްދުވަސް ތެރޭ 23 މިލިއަނަށް ވުރެއް ގިނަ ވިއުސް ވަނީ އެ ލަވަ އަށް ޔޫޓިއުބް މެދުވެރިކޮށް ލިބިފައެވެ.

އަކްޝޭ އާއި ވާނީ ފެނިގެންދާ އެ ލަވައިން އެ ދެމީހުންގެ ދޭތެރޭގައި އޮންނަ ލޯބި ދައްކުވައިދޭ އިރު އެ ލަވަ މިއީ އެ ދެ ފަންނާނުން އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ.

އެ ލަވައިގެ ލިރިކްސް އަދި މިއުޒިކް ހެދުމުގެ އިތުރުން ލަވަ ކިޔާފައިވަނީ ގުރުނަޒާރު އެވެ. އަންހެން އަޑަކަށް އިވިގެންދަނީ އަސީސް ކޯރްގެ އަޑެވެ.


ރަންޖީތު ތިވާރު ޑައިރެކްޓްކޮށްފައިވާ “ބެލް ބޮޓަމް” ގެ އޮފިޝަލް ޓްރެއިލާ ވެސް މިހާރު އާންމު ކޮށްފައިވާއިރު ބެލުންތެރިންގެ ބޮޑު ތަރުހީބެއް ޓްރެއިލާ އަށްވެސް އަންނީ ލިބެމުންނެވެ.

މި ހިނގާ އޯގަސްޓު މަހުގެ 19 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ “ބެލް ބޮޓަމް” އަކީ ސްޕައި ޓްރިލާއެކެވެ.

ފިލްމުގައި ބިނާކޮށްފައިވަނީ 1984 ވަނަ އަހަރު އިންޑިއާގެ ސިޔާސީ މައިދާނުގައި ހިންގާފައިވާ ކަންތައްތަކެއްގެ މައްޗަށް ކަމަށް ހަބަރުތަކުން ބުނާއިރުކުރީގެބޮޑު ވަޒީރު އިންދިރާ ގާންދީ އަވަހާރަކޮށްލި އަހަރުގެ ހާދިސާތަކަށް ކުޅެފައިވާ މަންޒަރުތައް ފިލްމުން ދައްކުވައިދޭނެ ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

މި އަހަރު ރިލީޒްކުރާ އަކްޝޭގެ ފުރަތަމަ ފިލްމަށް “ބެލް ބޮޓަމް” ވާއިރު ފިލްމުން އަކްޝޭއާ އެކު އާދިލް ހުސައިން އާއި ލާރާ ދައްތާ އަދި ވާނީ ކަޕޫރުގެއިތުރުންހުމާ ގްރޭޝީ ވެސް ފެނިގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް