ރާއްޖޭގެ ބެޑްމިންޓަން ތަރި ނަބާ އަދި ނަބީ
އިންޓަރނޭޝަނަލް ސެޝަން ފޯ ޔަންގް ޕާރޓިސިޕެންޓްސް އަށް ދެ ބައިވެރިއަކު ހޯދަނީ
Share
އިންޓަރނޭޝަނަލް ސެޝަން ފޯ ޔަންގް ޕާރޓިސިޕެންޓްސް 2021 އަށް ދެ ބައިވެރިއަކު ހޯދުމަށް ބެޑްމިންޓަން އެސޯސިއޭޝަނުން އިއުލާނު ކޮށްފިއެވެ.
Advertisement

 މިއަހަރުގެ ސެޕްޓެމްބަރު 17 އިންސެޕްޓެމްބަރު 23 އަށް އޮންލައިންކޮށް ބޭއްވޭ 61 ވަނަ އިންޓަރނޭޝަނަލް ސެޝަން ފޯ ޔަންގް ޕާޓިސިޕެންޓްސް 

ކޯހުގައި 20 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރައިގެ 1 އަންހެން އަދި 1 ފިރިހެންކުއްޖަކަށް ބައިވެރިވުމުގެ ފުރުޞަތު ލިބިފައިވާކަމަށް

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އެއެސޯސިއޭޝަނަށް އީމެއިލް ލިޔުމުން ހުށަހަޅާފައިވާ ކަމަށާއި ، މިކޯހުގައި ބައިވެރިވާން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 

އެފަރާތެއްގެ ބަޔޯޑޭޓާ އަދި ވަނަވަރާއެކު 11 އޯގަސްޓް 2021 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން އެއެސޯސިއޭޝަނަށް ލިޔުމުން ހުށަހެޅުމަށް އެދިފައިވެއެވެ.

 ޝަޢުޤުވެރިވެލައްވާ ބޭފުޅުންގެ ބަޔޯ ޑޭޓާ އަދި ވަނަވަރު މެއިލް ކުރައްވާނީ އެ ސޯސިއޭޝަންގެ މެއިލް [email protected] އަށް ކަމަށްވެސް ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް