ads
ނޯތު ކެރޮލީނާ އިން ބޭނި މަސް
އިންސާނުންގެ ދަތާ އެއްކަހަލަ ދަތްހުންނަ މަހެއް ބާނައިފި
އިންސާނުންގެ ދަތާ އެއްކަހަލަ ދަތްހުންނަ މަހެއް ބާނައިފިއެވެ.

އިންސާނުންގެ ދަތާ އެއްކަހަލަ ދަތްހުންނަ މަހެއް އެމެރިކާގެ ސިޓީއެއްކަމަށްވާ ނޯތު ކެރޮލީނާގެ މަސްވެރިކަންކުރާ  ހިސާބެއްކަމަށްވާ ޖެނެޓްސް ޕިއާއިން ސޯޝަލްމީޑިއާގައި   ހިއްސާކުރިފަހުން އަންނަނީ މަގުބޫލުކަން ހޯދަމުންނެވެ.

ނޭތަން މާޓިން ކިޔާ މީހަކު މިމަސް ބާނާފައިވަނީ އޮގަސްޓު ތިންވަނަ ދުވަހުއެވެ. އަދި މީނާއަކީ މިސަރަހައްދަށް ވަރަށް ގިނައިން މަސްބާނަން ދާމީހެކެވެ. މެކް ކްލެޗީ ނިއުސްއަށް އޭނާ ބުނެފައިވާ ގޮތުގައި އެއީ ވަރަށް މީރު މަހެކެވެ. އަދި 'ޝީޕްސްހެޑް' މަހެއްބާނަން އޭނާއަށް އުއްމީދު ކުރެވުނީ އަނގަފުރާ ދަތްހުރިމަހެއް މޫނާއި މޫނުކުރިމަތިން ދިމާވުމުންނެވެ.

މިބާވަތުގެ މަހަށް ޝީޕްސްހެޑް މިނަން ދެވިފައިވަނީ ކަންބަޅިބަކަރިގޮތަށް އޭގެ އަނގަ ހުންނާތީއެވެ. އެމަހުގައި ފަސްބަރިއަށް ކޮލުދަތްތައް ހުރެއެވެ. އެނގިފައިވާ ގޮތުގައި އޭގެ ކާނާއަކީ އޮއިސްޓާ ފަދަ ހަރުކާނާއެވެ. ސައިންޓިފިކް އެމެރިކާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމަހުގެ ކުރިމަތީ ދަތްތަކަކީ އޮފުކަމެއްވެސް ހުންނަ އިންސާނުންގެ ދަތާ އެންމެ ވައްތަރުވާ ގޮތަށް ހުންނަ ދަތްތަކެކެވެ. އަޅިކުލައިގެ މިމަހުގައި ފަސްހަވަރަކަށް ކަޅުކުލައިގެ ރޮނގު ހުރެއެވެ. އަދި އެންމެ ބޮޑުވާކަމަށް ވަނީ ވިއްސަކަށް އިންޗިއަށެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް