ads
ސަނާ ޚާންގެ ދެމަފިރިން ރާއްޖޭގައި.. ފޮޓޯ/ އިންސްޓަގްރާމް
ބަތަލާ ސާނާ ޚާންގެ ދެމަފިރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ!
“ވަޖާ ތުމް ހޯ” ފަދަ ފިލްމުތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ކުރީގެ ބޮލީވުޑް ބަތަލާ ސަނާ ޚާންގެ ދެމަފިރިން ޗުއްޓީއަށް ރާއްޖެ އަތުވެއްޖެއެވެ.

ސަނާ އާއި ފިރިމީހާ މުފްތީ އަނަސް ޗުއްޓީ ހޭދަ ކުރަމުން އަންނަނީ ފިނޮޅު މޯލްޑިވްސް ގައެވެ.

ސަނާ އަންނަނީ އެ ދެމީހުންގެ ޗުއްޓީގެ ފޮޓޯތަކާއި ވީޑިއޯތައް އިންސްޓާގްރާމް މެދުވެރިކޮށް އެމީހުންގެ ފޭނުންނަށް ހިއްސާ ކުރަމުންނެވެ.

ސަނާގެ އިންސްޓާގްރާމް ސްޓޯރީ އަށް ވެސް ޗުއްޓީގެ ބައެއް ވީޑިއޯތައް ދޫކުރަމުން އަންނަ އިރު އެދެމީހުން ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ.

“ޖެއި ހޯ” ފަދަ ފިލްމުތައް ކުޅުނު ބަތަލާ ވަނީ ކައިވެނިކޮށް ފިލްމީ ކެރިޔަރު ދޫކޮށްލާފައެވެ. އޭނާ އެކްޓު ކުރަން ފެށީ 2005 ވަނަ އަހަރު އެވެ.

ކައިވެންޏަށް ފަހު ބުރުގާ ވެސް އެޅި ސަނާ ކުރިން ވަނީ އިސްލާމް ދީނުގެ ތެދުމަގުގައި ސާބިތުވެ ހުންނަން ނިންމި ކަމަށް މީޑިއާ ތަކަށް ހާމަކޮށްފައެވެ.

ޓީވީ ޝޯތަކާއި އިސްތިހާރު ތަކުން ވެސް ފެނިގެންދިޔަ ސަނާގެ ދެމަފިރިން ޗުއްޓީ ނިންމާ އެނބުރި ގައުމަށްދާނެ ދުވަހެއް އަދި ނޭންގެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް