ads
ފަތް ޕިލާވެލިން މަސް އުފައްދާ އިމްޕޮސިބަލް ކުންފުނީގެ އުފެއްދުމެއް
ފަތްޕިލާވެލިން މަސް އުފެއްދުމަށް 1.5 ބިލިއަން ޑޮލަރު
ފަތްޕިލާވެލިން މަސް އުފެއްދުމަށް ބޮޑު ތަރުހީބެއް ލިބެން ފަށައިފިއެވެ.

ފަތްޕިލާވެލި ބޭނުންކޮށްގެން އުފައްދާ ގެރިމަހަކީ، ދިރޭ ތަކެތީގެ މަހަށްވުރެ ސިއްހަތައް މާ ބޮޑަށް ފައިދާ ހުރި އެއްޗެއް ކަމަށް އެ މަސައްކަތް ކުރާ "އިމްޕޮސިބަލް" ކުންފުނިން ބުނެއެވެ. 

އެ ކުންފުނިން އުފައްދާ މަހުގައި ގިނަ އަދަދަކަށް ޕްރޮޓިން ހުންނައިރު، އެއްވެސް މިންވަރަކަށް ކޮލެސްޓްރޯލް އެއް ނުހިމެނެއެވެ.

މިހާތަނަށް ފަންޑިންގެ ގޮތުގައި 1.5 ބިލިއަން ޑޮލަރު އެ ކުންފުންޏަށް ވަނީ ލިބިފައެވެ. އަދި މިއަދު އެ ކުންފިން ވަނީ އިންސައިޑާ މެގަޒިންގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި  ޑޭވިޑް ބްރޯކީ އެ ކުންފުނީގެ ސީއެފްއޯ ގެ މަގާމަށް އައްޔަނުކޮށްފައެވެ. 

ބްރޯކީ އަކީ 2015 ވަނަ އަހަރުން ފެށިގެން އިންސައިޑާގައި ފައިސާއާއި ގުޅޭ ސެކްޝަންގެ އިސްވެރިއެއްގެ ގޮތުން މަސައްކަތް ކުރި މީހެކެވެ. 

ފަތްޕިލާވެލިން މަސް އުފެއްދުމުގެ މަސައްކަތް ކުރާ "އިމްޕޮސިބަލް" ކުންފުންޏަކީ ކެލިފޯނިއާގެ ކުންފުންޏެކެވެ. ކުންފުނީގެ ޕްރޮޑަކްޓުތައް ވިއްކަން ފަށާފައިވަނީ އޭޕްރީލް މަހުގެ ތެރޭގައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް