އިންޑިއާގައި މީހަކު ކޮވިޑް 19 ވެކްސިން ޖަހަނީ:
އިންޑިއާގައި ސައްހަ ނޫން ވެކްސިން ކާޑުތަކެއް ވިއްކަނީ
Share
އިންޑިއާގައި މަތީ ތައުލީމުދޭ ބައެއްތަންތަނުން ވެކްސިން ދެވޭ އުމުރުގެ މީހުންނާއި ދަރިވަރުންނަށް ވެކްސިންގެ ދެޑޯޒު ފުރިހަމަ ކުރުމުން ކަމަށް ކަނޑައަޅާފައި އޮއްވައި ސައްހަ ނޫން "ފޭކް ވެކްސިން ކާޑު" ވިއްކާކަން ހާމަވެއްޖެއެެވެ.
Advertisement

މިގޮތުން އައުޓްލުކް އިންޑިއާގައި މިއަދު ބުނެފައިވަނީ، "ވެކްސިނޭޝަން ކާޑްސް" ނަމުގައި ހިންގާ އިންސްޓަގްރާމް އެކައުންޓަކުން 25 ޑޮލަރަށް ވެކްސިން ކާޑު ވިއްކާކަމަށެވެ. 

"ކޮވިޑް 19 ވެކްސިނޭޝަން ކާޑް ސެޓިފިކޭޓްސް" ނަމުގައި ހިންގާ ޓެލެގްރާމް ގްރޫޕަކުން 200 ޑޮލަރަށް ވެކްސިން ކާޑު ވިއްކާ ކަމަށެވެ. 

އެ ގްރޫޕުގައި އެކްޓިވް ކޮށް 11،000 މީހުން އުޅޭކަމަށް ވެސް އެ ނޫހުން ވަނީ ހާމަކޮށްފައެވެ. 

އެ ތަންތަނުގައި ކާޑު ހޯދުމަށް އެދޭ ގިނަ މީހުން އެދެނީ، ސްކޫލްތަކަށް ދާން "ފޭކް ވެކްސިން ކާޑް" އެއް ހޯދަން ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ. 

ބައެއް މީހުން ފޭކް ވެކްސިން ކާޑު ހޯދުމަށް ޓުވިޓާ ފަދަ ސޯޝަލް މީޑިއާތަކުގައި ވެސް ވާހަކަ ދައްކަމުން ގެންދާކަން ވަނީ ހަމަކޮށްފައެވެ.

އިންޑިއާގެ 664 ކޮލެޖާއި ޔުނިވާސިޓީ ތަކުން ވަނީ ވެކްސިން ކާޑު ގެނައުން ލާޒިމު ކޮށްފައެވެ. 

މި މައްސަލައިގައި ތައުލީމު ފޯރުކޮށްދޭ ކޮލެޖް ޔުނިވާސިޓީތަކުގެ އޮފިޝަލުންނާއި ދަރިވަރުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް