ads
ރައްޔިތުން މަޖިލީހުގެ 241 ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: މަޖިލިސް
އޮފިސަރުންތަކެއް ވަކިކުރަން ނިންމި ނިންމުން 241 ކޮމިޓީއަށް
ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކިކުރަން ނިންމި ނިންމުން ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ހުށަހަޅަން ނިންމާފައިވާކަމަށް ދަނގެތި ދާއިރާ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މިއަދު ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމި ނިންމުމަކީ ގާނޫނާ އެއްގޮތަށް، ސައްހަގޮތުގައި ކުރިކަމެއްތޯ ކަށަވަރުކުރުމަށްޓަކައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. 

ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކިކުރަން ނިންމި ނިންމުން ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ހުށަހަޅަމް ދަނގެތި ދާއިރާ މެމްބަރު ނާޒިމް ނިންމަވާފައިވާއިރު  މިއަދު އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ފުލުހުންގެ އިދާރާ އިސްލާހުކުރުމަށް ކަމަށް ބުނެ ސަރުކާރާއި އެމްޑީޕީގެ ސިޔާސީ ނުފޫޒާއެކު އެ މުއައްސަސާގެ ޕްރޮފެޝަނަލް އަދި އިސް މަގާމުތަކެއްގައި ތިއްބެވި އޮފިސަރުންތަކެއް ވަކި ކުރުމަށް ނިންމި ނިންމުމަކީ އެކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ބުނެފައެވެ.

އަދި އެއީ އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކުވެސް ފުލުހުންނާއި ސިފައިންނަށް ސިޔާސީ ނުފޫޒު ފޯރުވުމަށް ހިންގަމުން ގެންދާ ޖަރީމާތަކަށް އިތުރުވެގެންދާ ބޮޅެއްގެ ގޮތުގައި ރައްޔިތުން ސިފަ ކުރާ ކަމަށް އެ ކޯލިޝަނުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް