ads
ހަނގުރާމައިގައި މަރުވިކަމަށް ބުނާ މީހާ ފޮޓޯ:-- ސޯޝަލް މީޑިއާ
ސީރިއާ ހަނގުރާމާގައި ދިވެއްސަކު މަރުވެއްޖެ
ސީރިއާގައި ހަނގުރާމަކުރަމުންދިޔަ އަނެއްކާވެސް ދިވެއްސަކު ވެސް މަރުވެއްޖެ އެވެ.

ސީރިއާ ހަނގުރާމާގައި އުޅޭ މީހުންގެ މައުލޫމާތު ހިއްސާކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ބުނެފައިވަނީ "އަބޫ އަބްދުއްރަހްމާން (އަބޫ ހަޖަރް)" ނަމަކަށް ކިޔާ މި މީހާ މަރުވެފައިވަނީ އިދުލީބްގެ "ފްރޮންޓްލައިނެއް ދިފާއުކުރުމުގައި" އުޅެނިކޮށެވެ.

މި ޕްލެޓުފޯމުގައި މަރުވި މީހާގެ ފޮޓޯކަމަށް ބުނެ ފޮޓޯއެއް ވެސް ވަނީ އާއްމުކޮށްފައެވެ.

މިމީހާގެ މަރާ ގުޅޭގޮތުން ނުވަތަ ނިސްބަތްވާ ރަށާއި ގުޅޭ އިތުރު ތަފްސީލެއް މި ގްރޫޕުން ހާމަކޮށްފައެއްނުވެއެވެ.

ސީރިއާގައި ކުރިއަށްދާ ހަނގުރާމައިގައި ބައިވެރިވުމަށް ދިވެހިންގެ ތެރެއިން މީހުންދާއިރު އެ ހަނގުރާމަައަށް ދިޔަ ގިނަ ދިވެހިން ވަނީ މަރުވެފައެވެ. މިދިޔަ ބުރާސްފަތި ދުވަހު ވެސް ހަނގުރާމައިގައި ދިވެއްސަކު މަރުވެފައިވެއެވެ. 

މިކަމާއި ގުޅޭ ގޮތުން ދިވެހި ސަރުކާރުގެ ރަސްމީ އިދާރާއަކުން އަދި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް