ads
އަތުލް ކަތްރީ--
އަބަދު ވެކްސިން ކާޑު ދައްކަން ޖެހޭތީ ކުރީ މޮޅު ކަމެއް
ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަކުރުމާއެކު، ވެކްސިން ޖެހި މީހުންނަށް ވަނީ ގިނަ ލުއިތަކެއް ދީފައެވެ. ވަކިން ހާއްސަކޮށް ދަތުރުކުރުމުގައި ލިބުނު ލުއިތަކާއެކު ގިނަ ބަޔަކު ދަތުރުކުރަން ފަށާފައިވާއިރު ވެކްސިން ފުރިހަމަ ކުރިކަމުގެ ލިޔުން ނުވަތަ ވެކްސިން ކާޑުވެފައިވަނީ ވަރަށް މުހިންމު އެއްޗަކަށެވެ.

ވެކްސިން ކާޑުގެ ބޭނުން މުހިންމުވެފައިވާއިރު، ދަތުރުކުރުމުގެ ޕާސްޕޯޓެކޭ އެއްފަދައިން ދައްކަން ޖެހޭ އެއްޗަކަށް ވެކްސިން ކާޑު މިވަނީ ވެފައެވެ. ދާ ކޮންމެ ތާކުން ވެކްސިން ޖަހަން ޖެހޭތީ ކޮމީޑިއަން އަތުލް ކަތްރީ މިވަނީ މޮޅު ކަމެއް ކޮށްފައެވެ.

އަތުލް ބުނި ގޮތުގައި ދަތުރުކުރާއިރު އެއާޕޯޓާއި ހޮޓެލްތަކަށް ޗެކިން ވާއިރުގައްޔާއި އެހެނިހެން ބޭނުންތަކަށް އަދިވެސް ވެކްސިން ކާޑު ދައްކަން ޖެހޭތީ ވެފައި އޮންނަނީ ބޮޑު ކަމަށެވެ. އެހެންވެގެން އޭނާ ވަނީ ވެކްސިން ކާޑު އަބަދުވެސް ފެންނަން ހުންނާނެ ގޮތެއް ހަދާފައެވެ. ޓީޝާޓަކަށް ވެކްސިން ކާޑު ޕްރިންޓުކޮށްފައިވާއިރު އޭނާ ވަނީ އެއީ ފައިނަލް ވެކްސިން ކާޑު ކަމަށް ޖަހާފައެވެ.

އަތުލް ޓްވިޓާގައި މިކަން ހިއްސާކޮށް ކުރި ޓްވީޓާ ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން މިހާރު ވަނީ ހުއްޓިފައެވެ. ބައެއް މީހުން ވަނީ ވެކްސިން ކާޑު ޕްރިންޓްކޮށްފައި ހުންނަ ޓީޝާޓު އެއާލައިންތަކުން ލާޒިމްކުރުމަށް ގޮވާލާފައެވެ. އަދި ގިނަ ބަޔަކު ވަނީ ދެން ދަތުރުކުރާއިރު އެގޮތަށް އަމަލުކުރާނެ ކަމަށް ބުނެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް