ads
ކަރަން ޖޯހަރު އަދި ޝަމީތާ ޝެޓީ
ބިގް ބޮސް އޯޓީޓީ ގައި ސަޕްރައިޒް މެމްބްރެއް!
ބިގް ބޮސް އޯޓީޓީ ގައި ސަޕްރައިޒް މެމްބްރެއްގެ ގޮތުގައި ޝަމީތާ ޝެޓީ ދައްކާލައިފިއެވެ.

ޝިމީތާ ބިގް ބޮސް އިން ފެނިގެން ދިޔަ މި ދަނޑިވަޅަކީ ޝަމީތާ ގެ ދައްތަ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ބަރަހަނާ ފިލްމް އުފައްދާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރުމާއި ގުޅިގެން އާއިލާގެ ހުރިހާ މެމްބަރުން ޕަބްލިކް އެޕިއަރެންސް ތަކުން އެއްފަރާތް ވެފައިވާ ވަގުތެއްގައެވެ. 

ބިގް ބޮސް ގެ ޑައިރެކްޓަރު ކަރަން ޖޯހަރު ވަނީ ބިގް ބޮސް އޯޓީޓީގެ ބައިވެރިން ތައާރަފް ކޮއްދިން އިރު ސަޕްރައިޒް މެންބަރެއްގެ ގޮތުގައި ޝަމީތާ ޝެޓީ ތައާރަފް ކޮއްދީފައެވެ. 

ރިޕޯޓުތައް ބުނާ ގޮތުން އާއިލާ އަށް ދިމާވެފައިވާ މި ހިތްދަތި ވަގުތުގައިވެސް ޝަމީތާ ބިގް ބޮސް ގައި ބައިވެރިވީ  މި މައްސަލައާއި ކުރިމަތިވުމުގެ މާ ކުރިންވެސް ޝަމީތާ ކުރަން ބޭނުންވާ ކަމެއްގެ އިތުރުން އޭނާ އަށް ލިބިފައިވާ ފުރުސަތަކަށް ވުމުން ކަމަށް ވާތީއެވެ. 

މީގެ އިތުރުން ޝަމީތާ ބުނެފައިވަނީ ދިރިއުޅުމުގައި އުފަލާއި، ހިތާމަވެސް ކުރިމަތިވާނެ ކަމަށާއި، ކަމެއް ދިމާވުމަކީ ދިރިއުޅުން ނިންމާލަންވީ ސަބަބެއް ނޫންކަމަށެވެ. އަދި އެ މީހަކު ކުރަން ހިތުގަ އަޅާ ކަމެއް ކުރަން ފުރުސަތު ލިބިއްޖެ ނަމަ ކުރަން ވާނެކަމަށް ޝަމީތާ ވަނީ ބުނެފައެވެ.

ޝަމީތާ ގެ އިތުރުން ޝިލްޕާ ވެސް މިހާރު ވަނީ އަނބުރާ މަސައްކަތާ ގުޅިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް