ads
ބަންޑުން ޖަހާލި ދޯނި
ދަގަނޑާ ހިލަވެލި ބަރުކޮށްގެން ދަތުކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި
ދަގަނޑާއި ހިލަވެލި ބަރުކޮށްގެން ދަތުކުރަމުން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ.

އެމްއެންޑީއެފް މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ފަތިހު 04:30 ހާއިރު، ކ. ތިލަފުށިން ފުރައިގެން ދަތުުރުކުރަމުން އައި، ރާޔާ” ނަމަކަށް ކިޔާ މި ދޯނި ބަންޑުން ޖަހާލާފައިވަނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށެވެ. ދޯނި ބަންޑުން ޖަހާލާފައިވަނީ ފިހާޅޮހި ރިސޯޓާ ގާތްގަނޑަކަށް 6.5 ނޯޓިކަލް މޭލު ބޭރުންނެވެ.

މި ހާދިސާގެ މައުލޫމާތު މިއަދު 14:48ގައި ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.  ހާދިސާ ހިނގި ސަރަހައްދަށް “ދިރުން” ނަމަކަށް ކިޔާ ދޯންޏެއް ދިޔަ ކަމަށާއި އެ ދޯނީގެ އެހީތެރިކަމާއެކު ފަޅުވެރިން ސަލާމަތްކޮށް ކޯސްޓް ގާޑުން ހުޅުމާލެ ގެނެވިފައިވާ އެމްއެންޑީއެފުން ބުނެއެވެ.

ދޯނި ބަންޑުން ޖަހާލިއިރު ދޯނީގައި ދިވެއްސަކާއި ދެ ބިދޭސީން ހިމެނޭހެން ތިން ފަޅުވެރިއަކު އައީ ދަތުރުކުރަމުންނެވެ. ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވައެއް ނުވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް